ދިއިސްލާމް މުޒާހަރާތަކުގައި މަރުވާ މީހުންގެ މަރުގެ ޒިންމާ ނަގަންނުޖެހޭނެ : ބައްޝާރު

މުޒާހަރާތަކުގައި މަރުވާ މީހުންގެ މަރުގެ ޒިންމާ ނަގަންނުޖެހޭނެ : ބައްޝާރު

މުޒާހަރާތަކުގައި މަރުވާ މީހުންގެ މަރުގެ ޒިންމާ ނަގަންނުޖެހޭނެ : ބައްޝާރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިއާގައި ކުރިއަށްދާ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެ މަރުތަކުގެ ޒިންމާ ރައީސް ބައްޝާރުލް އަސަދު ނަންގަވަން ނުޖެހޭނެ ކަމަށާއި މުޒާހަރާތައް ރޫޅާލުމުގެ ހަރަކާތްތަކުގެ ވެރިޔަކީ އެހެން ފަރާތެއް ކަމަށް ބައްޝާރު ބުނެފިއެވެ.

އޭބީސީ ނިއުސްގެ ތަޖުރިބާކާރު ނޫސްވެރިޔާ ބާބަރާ ވޯލްޓާސް އަށް ހޯމަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ބައްޝާރު ވަނީ އޭނާގެ ގައުމުގައި ކުރިއަށްދާ މުޒާހަރާތަކުގައި 4،000 މީހުން މަރުވެފައި ވާއިރު އަމިއްލަ ދިފާއުގައި ވާހަކަ ދައްކާފައެވެ.

ބައްޝާރު އިންޓަވިއުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ޤައުމުގެ ރައީސް ނަމަވެސް، ސިފައިންނާއި ފުލުހުންގެ އަމުރުތަކަށް އޭނާ ބާރު ނުފޯރުއްވައެވެ. އަދި ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމުގައި އަމްނު ބަލަހައްޓާ ފަރާތަކަށް ކަމުގެ ބާވަތުންނާއި ހާލަތަށް ބަލާފައި އެންމެ އެކަށީގެންވާ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އޮންނަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

މުޒާހަރާތައް ރޫޅާލުމަށް ޕްލޭނެއް އޮތުމާއި ބައެއް އޮފިޝަލުން ގޯސްކޮށް ކަންތައް ކުރައްވާފައިވާ ވުމުގެ ވަރަށް ބޮޑު ތަފާތެއް އޮންނާނެ ކަމަށް ބައްޝާރު ބުނެފައިވާ ކަމުގައި ނޫސްވެރިޔާ ބުންޏެވެ.

ބައްޝާރު ބުނެފައިވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މާކް ޓޯނާ ބުނެފައިވަނީ މުޒާހަރާތައް ހުއްޓުމަކަށް ގެންނަން ބައްޝާރަށް ވަރަށް ގިނަ ފުރުސަތުތައް ލިބި ގެއްލުވާލާފައިވާ ކަމަށެވެ.

އޭނާ ބުނެފައިވަނީ އަނިޔާވެރިކަމާ އެކު މުޒާހަރާތައް ރޫޅާލަން މަސައްކަތްކުރެއްވުން ނޫން ކަމެއް ބައްޝާރު ކުރާތީ ނުފެންނަ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.