ދުނިޔެ އިންތިޙާބުގެ ގިނަ ގޮޑިތަކެއް އިޚްވާނުލް މުސްލިމީން ކާބިޔާބުކޮށްފި

އިންތިޙާބުގެ ގިނަ ގޮޑިތަކެއް އިޚްވާނުލް މުސްލިމީން ކާބިޔާބުކޮށްފި

އިންތިޙާބުގެ ގިނަ ގޮޑިތަކެއް އިޚްވާނުލް މުސްލިމީން ކާބިޔާބުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަފޫ

މިސްރުގެ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުގެ އިންތިޙާބުގެ ފުރަތަމަ ބުރުގައި، އިޚްވާނުލް މުސްލިމީންގެ "ފްރީޑޮމް އެންޑް ޖަސްޓިސް ޕާޓީ" (އެފް.ޖޭ.ޕީ)، ބޮޑު އަޣުލަބިއްޔަތަކާއިއެކު ކާމިޔާބުކޮށްފިއެވެ. މިބުރުގެ ވޯޓުގައި ހިމެނުނު 45 ގޮނޑީގެ ތެރެއިން 34 ގޮނޑި މިޕަރޓީއިން ހޯދާފައިވާކަމުގައި، ޕާޓީގެ ފަރާތުން މިއަދު މައުލޫމާތުދީފައިވެއެވެ.

އިންތިޙާބުގެ ނަތީޖާގައި އެފް.ޖޭ.ޕީ އާއި އެންމެ ގާތުން، ދެވަނައަށް ކާމިޔާބުކޮށްފައިވަނީ ސަލަފީންގެ އަން ނޫރު ޕާޓީއެވެ. އިޚްވާނާއި ސަލަފީންގެ މިކާމިޔާބީގެ ތަޅުދަނޑިކަމުގައި ބަޔާންކުރަމުން މިސްރުގެ ޒުވާނަކު ބުނެފައިވަނީ، ލިބަރަލް ޕަރޓީތަކުގެ މައިގަނޑު މަސައްކަތަކީ ވާހަކަ ދެއްކުންކަމުގައިވާއިރު، އިޚާވާނާއި ސަލަފީންގެ ބަސްމަދުވެފައި ޢަމަލު ގިނަކަމުގައެވެ.

އިޚްވާނަށް މިލިބުނު ކާމިޔާބީގެ ސަބަބުން، ފެބުރުއަރީ މަހު ތަޙްރީރު މައިދާނުގައި ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވި ގިނަ ޢަދަދެއްގެ ޑިމޮކްރަސީ އެކްޓިވިސްޓުންނަށް ނުތަނަވަސްކަން ގެނުވާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން 1979ވަނަ އަހަރު އިސްރާއީލާއި މިސްރާއި ދެމެދުގައި ވެވުނު ޞުލްޙައިގެ އެއްބަސްވުން ދެމެހެއްޓުމަށް މިހަފްތާގެ ތެރޭގައި އިސްރާއީލުން މިސްރަށް ގޮވާލާފައިވަނިކޮށް، އިންތިޙާބުގެ މިނަތީޖާ އަކީ އިސްރާއީލަށް ކުރިމަތިވާނޭ އިތުރު ކަންބޮވުމަކަށް ވާނެއެވެ.

ވޯޓު ގުނަމުންދާ މަރުކަޒުތައް ކައިރީގައި މިސްރުގެ ޒުވާނުން މިހާރުދަނީ އުފާ ފާޅުކުރަމުންނެވެ. ބުރާސްފަތިދުވަހުގެ ކުރިން އިންތިޙާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރެވޭނެކަމަށް އުންމީދުނުކުރެވޭ ކަމުގައި ޚަބަރުތައް ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.