ރަޝިޔާގައި ކުރިއަށްދިޔަ ޕާލަމެންޓަރީ އިންތިޚާބުގެ ވޯޓަށްފަހު އެޤައުމުގައި ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއިން ބޮޑުވަޒީރު ލަޑީމިއަރ ޕޫޓިން އާއި ދެކޮޅަށް އަޑުއުފުލަމުންދާ ފަރާތްތަކުގެ މުޒާހަރާތައް ފުލުހުން ގަދަ ބާރުން ރޫޅާލައިފި ކަމަށް ޚަބަރު ލިބެން ފަށައިފިއެވެ.
ންތިޚާބުގައި ޔުނައިޓެޑް ރަޝިޔާ ޕާޓީއަށް މިފަހަރު ވަރަށްބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހިފައިވާއިރު، ވަރަށް ގިނަ ފަރާތްތަކުން ހާމަކުރަމުންދާ ގޮތުގައި ވޯޓުގައި މިފަހަރު ވަރަށްބޮޑެތި އޮޅުވާލުންތަކާއި މަކަރުތައް ހަދާފައިވާކަން ސާބިތުވާ ކަމަށެވެ.
ޕޫޓިން އާއި ދެކޮޅަށް ރަޝިޔާގެ ބޮޑެތި ސިޓީތަކުގައި މުޒާހަރާތައް ފެށުމާއި ގުޅިގެން އެކަން ހުއްޓުވުމަށް ފުލުހުންވަނީ ހުރިހާ ހިސާބެއްގައި މަސައްކަތް ކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ރަޝިޔާގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި އިންތިޚާބުގައި ކަންތައް ވަރަށް އޮމާންކަމާއެކު ކުރިއަށްދިޔައިރު، އެކަން ހުތުރުކޮށް ހަމަނުޖެހުން އުފެއްދުމަށް ބަޔަކު ހިތްވަރު ދެމުންދާކަމަށް ފުލުހުންވަނީ ތުހުމަތު ކޮށްފައެވެ.
ޕޫޓިންގެ ޕާޓީއަށް މިފަހަރު އިންތިޚާބުގައި ބޮޑު ނާކާމިޔާބެއް ލިބުމުގެ މާނައަކީ އޭނާ ރައީސްކަމަށް ކުރިމަތި ލައްވާއިރު، އޭނާއަށް އޮތް ތާއީދު ވަރަށްބޮޑަށް ދަށަށް ގޮސްފައިވުން ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންނަމަވެސް، ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް އޮންނަ ތާއީދަށް އެއްވެސް ވަރެއްގެ ބަދަލެއް އަދި ހީނަރުކަމެއް އައިސްފައިވާކަމަށް ބެލެވެން ނެތް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...