ދިއިސްލާމް ފޮހެވިފައިވާ ފައިލް ހޯދާނެ ފަސޭހަގޮތެއް : ރިކަވާ

ފޮހެވިފައިވާ ފައިލް ހޯދާނެ ފަސޭހަގޮތެއް : ރިކަވާ

ފޮހެވިފައިވާ ފައިލް ހޯދާނެ ފަސޭހަގޮތެއް : ރިކަވާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

 

ރިކަވާ އަކީ ކޮމްޕިއުޓަރ ސިސްޓަމުން ފޮހެވިފައިވާ ފައިލްތައް ހޯދާލަދޭ އެޕްލިކޭޝަނެކެވެ. ނޭނގުމުގެ ތެރޭގައި ނުވަތަ ވައިރަސްއެއްގެ ސަބަބުން ފޮހެވިފައިވާ ފައިލް ފަސޭހަކަމާއެކު ރިކަވާ އިން ހޯދާލަދެވިދާނެއެވެ.

 

މި އެޕްލިކޭޝަނުން މެމޮރީކާރޑް، ޕެންޑްރައިވް، ފޯން، އެމްޕީތްރީ ޕްލެޔާ ފަދަ އާލާތްތަކުންވެސް ރިކަވާރ ކުރެވޭނެއެވެ. ބޭނުންކުރަން ފަސޭހަ އިންޓަރފޭސް އިން ހޯދަންބޭނުންވާ ފައިލް މިސާލަކަށް ފޮޓޯނަމަ jpg ފާހަގަ ކުރުމަށް ފަހު ސްކޭނަށް ފިތާލުމުން ހޯދަން ފަށާނެއެވެ. ހޯދަން ބޭނުންވާ ފައިލް ވަކިން އިހްތިޔާރުކުރެވެން ހުރުމުގެ ސަބަބުން ވަރަށް ފަސޭހަ ވެގެންދެއެވެ. ރިކަވާ އިން އާންމުކޮން ބޭނުންކުރާ ފައިލްތައް ހޯދާލެވިދާނެއެވެ. އޮފީސް ފައިލް، ފޮޓޯ، އެމްޕީތްރީ، ވީޑިއޯ، އީމެއިލް އަދިވެސް ތަފާތު ފައިލްތައް ހޯދިދާނެއެވެ. ރިވަކާ އާންމުކޮން ބޭނުންކުރާ ހުރިހާ ފައިލް ސިސްޓަމް ސަޕޯޓް ކުރާނެއެވެ.

Supports FAT12, FAT16, FAT32, exFAT, NTFS, NTFS5 , NTFS + EFS file systems ރިކަވާ އަކީ ހިލޭ ލިބޭ އެޕްލިކޭޝަނެކެވެ. ގަންނަން ހުންނަ ވަރުގަދަ ރިކަވަރީ ސޮފްޓްވެއަރ އާއި އެއްވަރަށް ރިކަވާ މަސައްކަތް ނުކޮށްފާނެއެވެ. އެހެންނަމަވެސް ހިލޭ ލިބޭ އެޕްލިކޭޝަނަކާ ބަލާފައި ރަނގަޅެވެ. ރިކަވާ މިއެޕްލިކޭޝަނުން ވަރަށް މުހިންމު އެހެން ކަމެއްވެސް ކޮށްދެއެވެ. އެއީ ރިކަވާ ކޮށްގެން ފައިލް ހޯދުމުގެ ދިމާ އިދިކޮޅެވެ. އެއީ ރައްކާތެރި ގޮތުގައި ފައިލްތައް ޑިލީޓް ކުރުމެވެ. ޝިފްޓް ޑިލީޓް ކޮށްލާފައި ދެއަތް އުރާލައިގެން ހުރެވޭކަށް ނެތްކަން މި އެޕްލިކޭޝަނުން ވެސް ހާމަވެއެވެ. އެހެންކަމުން ރިކަވާރ ނުކުރެވޭގޮތަށް މި އެޕްލިކޭޝަނުން ޑިލީޓް ކޮށްލެވޭ ފީޗާއެއް ވެއެވެ.

ރިކަވާ ޑައުންލޯޑް ކުރައްވާ!!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.