އަރަބިދުނިޔެދިއިސްލާމްދުނިޔެ

ރެޑް ކްރޮސް ޖަމާޢަތުން ދައްމާޖުގެ ޙާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފި

ދައްމާޖުގެ ދާރުލްޙަދީޘް

ދައްމާޖުގެ ދާރުލްޙަދީޘް

ޔަމަނުގެ އުތުރު ސަރަޙައްދުގެ ސަޢަދާގެ ދައްމާޖު ވާދީ ހިޞާރުކޮށްފައިވާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި އެވާދީގެ ރައްޔިތުންނަށް އެހީތެރިވެދިނުމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ ޔަމަނު ގޮފިން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްވެސް ކުރިއެރުމެއް މިހައިތަނަށް ލިބިފައިނުވާ ކަމަށް އެޖަމާޢަތުން އިއްޔެ ހާމަކޮށްފިއެވެ.

"ދައްމާޖުގެ ޙާލަތާއިމެދު އަހަރެމެން މިތިބީ ވަރަށް ކަންބޮޑުވެފައި،" ޔަމަނުގައިވާ ރެޑްކްރޮސްގެ މަންދޫބުންގެ ޓީމުގެ އިސްވެރިޔާ އެރިކް މަރކްލޭ ހާމަކުރިއެވެ.

"ސަޢަދާގެ މިވާދީގައި ދިރިއުޅެމުންދާ އެތައްހާސްބަޔެއްގެ ޒަރޫރީ ބޭނުންތަކުން އެމީހުންވަނީ މަޙްރޫމްކޮށްފައި. އެމީހުންވަނީ ބަނޑަށްޖެއްސާފައި. މުސްކުޅިންނާއި، ކުޑަކުދިންނާއި އަންހެނުންތަށް ވަނީ  ވަރަށް ނިކަމެތިޙާލުގައި،" އޭނާ ބުނެފައިވެއެވެ.

ޔަމަނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދޭގޮތުގައި ޙޫޘީންނަމަކަށްކިޔާ ހައްދުފަހަނައަޅާފައިވާ ޝީޢީ ރާފިޟީ ޖަމާޢަތުން ވަނީ ޔަމަނުގެ ޙަޖޫރަށްވެސް ހަމާލާދީފައެވެ. ނަމަވެސް ޙަޖޫރުގެ ސުންނީ ބަތަލުންވަނީ ޙަޖޫރުން އެޓެރަރިސްޓުން ފައްސާލާފައެވެ.

ޙޫޘީންގެ އަމާޒަކީ މިޒަމާނުގައި އުފެދުނު މަޝްހޫރު ޙަދީޘް ޢިލްމްވެރިންގެ ތެރެއިން އެންމެ އިސް ސަފުގައި ގުނާލެވޭ ޝައިޚް މުޤްބިލް އަލްވާދިޢީ ތައުސީސްކުރެއްވި ދާރުލްޙަދީޘް ބަންދުކުރުމެވެ. އެޖަމާޢަތުން ދެކޭގޮތުގައި ސުންނީންނަކީ ނުވަތަ އެމީހުންގެ ބަހުރުވައިންނަމަ 'ވައްހާބީންނަކީ' އެމީހުންގެ އެންމެ ބޮޑު ޢަދުއްވުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ދާރުލްޙަދީޘްގައި ކިޔަވަމުންދާ ކުދިން ދިރިއުޅެމުންދާ ގެތަކަށް ޝީޢީން މިހާރުދަނީ ހަމަލާދެމުންނެވެ. މިހަމަލާގައި މިއަދު ދަރިވަރަކު ނިޔާވެފައިވާކަމުގައި ޚަބަރުލިބެއެވެ.

މިހާރު ޙިޖާޒުކަރައިގައިހުންނެވި ޙަދީޘްގެޢިލްމަށް އެންމެ ފުންނާބުއުސް، މަދީނާގައި ދިރިއުޅުންވަމުންގެންދަވާ، އަލްޖާމިޢަތުލްއިސްލާމިއްޔާގެ މުދައްރިސް އަދި އަލްމަސްޖިދުންނަބަވީގައި ޙަދީޘްޢިލްމު އުނގަންނަވާދެއްވާ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްމުޙްސިން އަލްޢައްބާދާއި، ސައުދި ޢަރަބިއާގެ ފަތުވާކޮމިޓީގެ ޢިލްމުވެރިއެއްކަމުގައިވާ ޝައިޚް ޞާލިޙް އަލްލުޙައިދާންވަނީ ދައްމާޖުގެ ދާރުލްޙަދީޘްގެ އިސްޝައިޚް، ޝައިޚް ޔަޙްޔާ އަލްޙަޖޫރީއަށް އިއްޔެ ފޯނުން ގުޅުއްވައި ދައްމާޖުގެ ޙާލަތު ބައްލަވާލައްވާފައެވެ.

މުސްލިމް ދުނިޔޭގެ ސުންނީ އެކި މިސްކިތްތަކުގައި މިހާރުދަނީ ޤުނޫތުއް ނާޒިލާކިޔަމުންނެވެ. ދައްމާޖުގައިވާ މުސްލިމް އަޚުންނާއި އުޚްތުން ޝީޢީންގެ ވަކިތަކުން ސަލާމަތްކުރެއްވުމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައިވެސް ޤުނޫތު ކިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ގޮވާލާނެކަމަށް ރާއްޖޭގެ ގިނަ އަޚުންދަނީ އުއްމީދުކުރަމުންނެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *