ދިއިސްލާމް ނައިބުރައީސްއާއި ވެރިކަމުގެ މަސްޢޫލިއްޔަތުތައް ހަވާލުކުރެއްވުމަށް ޔަމަނުގެ ރައީސް އެއްބަސްވެވަޑައިގެންފި

ނައިބުރައީސްއާއި ވެރިކަމުގެ މަސްޢޫލިއްޔަތުތައް ހަވާލުކުރެއްވުމަށް ޔަމަނުގެ ރައީސް އެއްބަސްވެވަޑައިގެންފި

ނައިބުރައީސްއާއި ވެރިކަމުގެ މަސްޢޫލިއްޔަތުތައް ހަވާލުކުރެއްވުމަށް ޔަމަނުގެ ރައީސް އެއްބަސްވެވަޑައިގެންފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔަމަނުގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް

ނައިބު ރައީސަށް ވެރިކަން ހަވާލުކުރެއްވުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް މިހާރު ސައުދި ޢަރަބިއާއަށް ވަޑައިގެން ހުންނެވި ޔަމަނުގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް ވެރިކަމުގެ މަސްޢޫލިއްޔަތުތައް ނައިބު ރައީސާއި މިއަދު ހަވާލުކުރައްވައިފިއެވެ.

ނައިބު ރައީސް ޢަބްދުއްރައްބު މަންސޫރް އަލްހާދީއާއި ވެރިކަން ހަވާލުކުރެއްވުމަށް ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް އެއްބަސްވެވަޑައިގަތީ އެމަނިކުފާނަށް ސައުދީ ސަރުކާރުން ހިމާޔަތްދެއްވާ މަތިންނެވެ.

ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް އިސްތިޢުފާ މިދެއްވީ ޔަމަނުގައި ގާތްގަނޑަކަށް ނުވަ މަސްދުވަހުގެ ހަމަނުޖެހުންތަކަކަށްފަހުއެވެ. މިއެއްބަސްވުމުގެ ސަބަބުން ޔަމަނުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކަށް ހުއްޓުމެއް އަންނާނޭކަމަށް އެޤައުމުގެ ރައްޔިތުން މިހާރު ދަނީ އުއްމީދުކުރަމުންނެވެ.

މިއަހަރުގެ އޭޕްރީލް މަހުގައިވެސް މިފަދަ އެއްބަސްވުމެއް ސައުދީ ސަރުކާރުންވަނީ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙްއަށް ހުށަހަޅުއްވާފައެވެ. އެއެއްބަސްވުމުގައި ވާގޮތުން އަންނަ ފެބްރުއަރީމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ބޭއްވެންދެން ވެރިކަމުގެ ހުރިހާ މަސްޢޫލިއްޔަތެއް ނައިބު ރައީސާއި ޙަވާލުކުރެއްވުމުން އޭގެ ބަދަލެއްގެ ގޮތުން ސައުދީ ސަރުކާރުން ރައީސް ޢަލީ ޢަބްދުﷲ ޞާލިޙްއާއި އެނާގެ އާއިލާއަށް ހިމާޔަތްދޭންވާނެއެވެ. ނަމަވެސް ވެރިކަމުގެ އެއްވެސް މަސްޢޫލިއްޔަތެއް އަދާ ނުކުރެއްވިނަމަވެސް ޔަމަނުގެ ރައީސްއެއްގެ ލަޤަބު ފެބްރުއަރީ މަހާއި ހަމައަށް އޮންނަނީ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙްއަށެވެ.

މީގެ ކުރީގައި ތިންފަހަރެއްގެ މަތިން ސައުދީ ސަރުކާރުން މިއެއްބަސްވުން ހުށަހެޅުއްވުމުން ޔަމަނުގެ ރައީސް ވަނީ އެކަން ރައްދުކުރައްވާފައެވެ.

ޔަމަނުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން މިދިޔަ ޖޫން މަހު ރައީސްއަށް އަމާޒުކޮށްގެން އެމަނިކުފާނުގެ ގަނޑުވަރަށްވަނީ ހަމަލާތަކެއްދީފައެވެ. މިހަމަލާގައި ރައީސް ޢަލީ ޢަބްދުﷲ ޞާލިޙްގެ ހަށިކޮޅުން ބޮޑުބައެއްވަނީ ފިހިފައެވެ. މިކަމަށް ބޭސްކުރެއްވުމަށްޓަކައި ތިން މަސްދުވަސްވަން ދެން ސައުދި ޢަރަބިއާގެ ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައި އޮންނަވަން ޖެހުނެވެ.

ޔަމަނުގެ މަގުތަކުގައި މުޒާހަރާކުރަމުން ދިޔަ ޒުވާނުންނަށް މިޚަބަރު ލިބުމުން ސައުދީސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.

"ހިމާޔަށްދިނުމަށް އަހަރެމެން ބުނަނީ ނޫނެކޭ. ސައުދި ޢަރަބިއާއަށް އަހަރެމެން ބުނަނީ ނޫނެކޭ. ޢަލީ ޢަބްދުﷲ ޞާލިޙް އަށް އަހަރެމެން ބުނަނީ ނޫނެކޭ،" ބަރުގޮނު އަޅުވަމުން މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.