ދިއިސްލާމްދުނިޔެޔޫރަޕު

އިނގެރޭސިވިލާތުގެ ރާނީ ޙަލާލް ރަސްމީ ފަރިއްކޮޅެއް ދެއްވައިފި

ތުރުކީގެ ރައީސް ގުލް ރަސްމީ އިއްޒަތުގައި ބަކިންހަމް ޕެލަސް އަށް ވަޑައިގަންނަވަނީ

ތުރުކީގެ ރައީސް ގުލް ރަސްމީ އިއްޒަތުގައި ބަކިންހަމް ޕެލަސް އަށް ވަޑައިގަންނަވަނީ

އިނގެރޭސިވިލާތަށް މިހާރު ވަޑައިގެންހުންނަވާ ތުރުކީގެ ރައީސް ޢަބްދުﷲ ގުލްގެ ޝަރަފުގައި ބަކިންހަމް ޕެލަސްގައި އިނގެރޭސިވިލާތުގެ ރާނީ ޙަލާލް ރަސްމީ ފަރިއްކޮޅެއް ދެއްވައިފިއެވެ.

އޭޝިއާބައްރުގައި ބޮޑުބައެއް އޮންނަ ތުރުކީފަދަ މުސްލިމު ޤައުމަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ޖާގައެއް ދިނުމުން އެކަމާއި ކަންބޮޑުވުންފާޅުކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ރާނީ ވަނީ ތުރުކީއާށް އީޔޫގައި ފުރިހަމަ އެއްބާރުލުންދެއްވާނެކަމަށް ވިދާޅުވެފައެވެ.

"މިއަދު އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި މިއޮތް ޒަމާނީ ގުޅުން ޤާއިމްކުރުމަށް އަޅުގަނޑުމެންވަނީ ވަރަށް ގިނަ ކަންތައްތަކެއް ގިރާކޮށްފައި. ޔޫރަޕިއަން ޔޫނިއަންގައި ތުރުކީއިން ބައިވެރިވުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި މިޤައުމުގެ ސަރުކާރުން ޘާބިތުވެ ތިބޭނަން،" ރާނީ ހާމަކުރެއްވިއެވެ.

85 އަހަރުގެ ރާނީ އެލިޒަބެތު ދެއްވި މިޙަލާލް ފަރިއްކޮޅުގައި ތުރުކީއާއި އިނގެރޭސިވިލާތުގެ 170 އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

"މުޅި ފަރިއްކޮޅަކީ ޙަލާލްތަކެތި ކަމަށްވުމަށް ނިންމެވީ މެހެމާނަށް އިޙްތިރާމްކުރެއްވުމުގެ ގޮތުން. ރައީސް ގުލްއަކީ ރާނީގެ މެހްމާނެއް. އެހެންކަމުން އެމަނިކުފާނަށް ވަކި މެނޫއެއް ތައްޔާރުކުރުމީ އެއީ އެންމެ ރަނގަޅު ގޮތެއްނޫން. އެހެންނޫންތޯ؟،" ބަކިންހަމް ޕެލަސްގެ ތަރުޖަމާނަކު މީޑިއާއަށް މަޢުލޫމާތުދީފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިފަރިއްކޮޅުގައި ސުފުރާއަށް އަރުއްވާފައިވާ ކަންބަޅިއަކީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ކަތިލާފައިވާ ކަންބަޅިއެކެވެ. މީގެ ކުރިން ޤަތަރުގެ އަމީރަށް މިދިޔަ އަހަރު ޙަލާލް ފަރިއްކޮޅެއް ރާނީ ދެއްވާފައިވެއެވެ. އަދި އެހެންމެ 2007 ވަނަ އަހަރު ސޫދި ޢަރަބިއާގެ ރަސްގެފާނަށްވެސް މިފަދަ ފަރިއްކޮޅެއް އަރުވާފައިވެއެވެ.

މެހްމާންދާރީ އަދާކުރެއްވުމުގެ ގޮތުން ތުރުކީގެ ރައީސަށް ޙަލާލް ފަރިއްކޮޅެއް ރާނީ ދެއްވިނަމަވެސް ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގެ ހުޅަނގަށް ތާޢީދުކުރާމީހުން އެންމެ މަތީ ހަރުފަތުގައި ހިމަނާ އިނގެރޭސިވިލާތުގެ ޣައިރު މުސްލިމުން ވަނީ މިކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

"އިޔޫގައި ބައިވެރިވުމަށް ކެތްމަދުވެފައިވާ ބައެއް މުސްލިމުން ރުއްސުމަށް އިނގެރޭސިވިލާތުން އަނެއްކާވެސް ނިކަމެތިވެގަތްތަން މިފެނިގެން މިދިޔައީ. މިއީ އެމީހުން މިޤައުމަށް އައިސް މިޤައުމުން ނާޖާއިޒުފައިދާނެގުމަށް ކުރިކަމެއް."

"މި 'ކުއިސްލިންގ' (އެހެން ޤައުމެއްގެ ގޮނޑިކޮއްކޮގެ ބައި އަދާކުރަމުންދާ ޚާއިނު)...އޫޕްސް. އަޅުގަނޑު މިދެންނެވީ ކުއީން ވާހަކަ. އެކަމަނާ އެއުޅުއްވަނީ ތަފާތު ޘަޤާފަތްތަކަށް ފުރުސަތުދިނުމުގެ ގަމާރު ޚިޔާލަށް ތަބާވާ މީހަކަށް ވުރެ ބޮޑަށް އިސްލާމީ ދުނިޔެއިން މިޤައުމު އިސްތިޢުމާރުކުރާން އެހީތެރިވެދޭ މީހެއްގެގޮތުގައި."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *