ކޮލަމިސްޓްއެމެރިކާދިއިސްލާމް

ބައިނަލް އަޤުވާމީ މުއައްސަސާތައް އެމެރިކާއާއި ޔަހޫދީންނަށް އަޅުދާސްވެފައި

 

އިންސާނީ މަސްލަހަތު ނިޔާކުރާގޮތުގެ މަތީން، ޢަދުލުވެރިކަމާއެކު، ހެޔޮސިޔާސަތެއްގެ ދަށުން ބައިނަލްއަޤުވާމީ މުއައްސަސާތަކަށް މަސައްކަތްކުރެވޭނީ އެމެރިކާގެ ހަމަޖީ ސިޔާސަތުގެ ނުފޫޛުން އެފަދަ މުއައްސިސާތައް މުޅިން މިނިވަންވެގެންނެވެ. އެއީ އެމެރިކާގެ ޙަރާންދަރި ކަމުގައިވާ އިސްރޭލްގެ ދަށުވެ އެމެރެކާގެ ލީޑަރުންނޭ ކިޔައިމީހުންވަނީ ފިތިފައެވެ. އެމީހުންގެ ވެރިކަންދެމެހެއްޓުމަށްޓަކައި ޔަހޫދީން ރުއްސައި އަދި ދުނިޔޭގެ މަސްލަހަތު އިޒްރޭލަށްޓަކައި ކަތިލަމުން އެހެރަގެންދަނީއެވެ.

ދުނިޔެއަށާއި ގަލްފުގެ ޤައުމުތަކަށް ނުރައްކާތެރި ހަތިޔާރުގެ ބިރުދައްކައިގެން އެޤައުމުތައް ހައްލުވައި ޑިމޮކްރަސީގެ ދަޅަޖައްސުވައި އަދި ހަމަހަމަކަމާއި އަދުއިންސާފުގެނައުމުގެ ރީތި އަދި އިންސާނީ ޝިޢާރަށް މުސްލިމުން ދަހިވެތިކުރުވައިގެން ޢިރާގު ހަލާކުކޮށްލުމަށްފަހު މިހާރު އެޤައުމުން އެމެރިކާގެ ބާރުނެރެވޭތޯ އެގެންދަނީ ބަލަމުންނެވެ. އިރާޤަކުން އެއްކަލަ ހަތިޔރެއްނުފެނުނެވެ. ނަމަވެސް 2003 ން 2011 އަށް ޢިރާޤުގައިވާ ޙަޟާރީ ކުރިއެރުން ސުންނާފަތިކުރެވި އެޤައުމުގެ ރައްޔިތުން މަރާ އިޖްތިމާޢީ އިޤުތިޞާދީ ނަފްސާނީ ގެންލުންތައްވަނީދީފައެވެ. އަދި ދަނީދެމުންވެސްމެއެވެ.

އިރާޤު ހަލާކުކޮށްލުމަށް މަގުފަހިކޮށްދިން ދޮގުވެރިންނަކީ އިންޓަރނޭޝަނަލް އެޓޮމިކް އެނާރޖީ އެޖެންސީއާ އެކުވެރިދައުލަތްތަކުގެ ނަމުން އަޑުއުފުލާ އިޝްތިހާރުވަމުންއަންނަ އ ދ އެވެ. އައި އޭ އީ އޭގެ ޑައިރެކްޓަރަކަށް މިޞްރުގެ ރައްޔިތެއްކަމުގައިވާ މުޙަންމަދު މުޞްޠަފާ އަލްބަރުދާޢީ ހުރިއިރު އެމެރިކާގެ ޖާސޫސީއިދާރާއާއި އަދި މޮސާޑްފަދަ އެހެން އިދާރާތަކުގެ ދޮގުމަޢުލޫމާތުގެ މައްޗަށް އެމެރިކާއަށް ކުރުނީސްކުރުމުން، އެކަމާދެކޮޅަމުންދިޔަ އެހެން އަޑުތަކަށް ކަންނުދީ، ނިންމި އަނިޔާވެރިނިންމުމުގެ ނަތީޖާއަކަށްވީ އިރާގުގައިވާ ކުރިއެރުންގެންލި ޢުމްރާނީ ތަރައްޤީ ވަރާނާ ވުމަށްމަގުފަހިވުމެވެ. ހަމަޖެހުން ގެއްލުމެވެ. އަހުލީ ހަނގުރާމަފެށުމެވެ. މިހާރު މިސްރުގެ ރައީސަކަށްވުމަށް ކުރިމަތީލާން ނިންމާފައިވާ މި ބަރުދާޢީއަކީ އެމެރިކާގެ ޕަޕަޓެކެވެ. އދ އާ އެނޫންވެސް ބައިނަލްއަޤުވާމީ މުއައްސިސާތައް ހިނގަމުންދަނީ ޔަހޫދީންނާއި އެމެރިކާގެ ފައިސާގެ އެހީގައެވެ.

މިހާރު މިފެންނަނީ އިޒްރޭލްގެ ޢުދުވާނީ އަމަލުތަކަށް ތާއިދުކޮށްގެން ފަލަސްޠީނުގެ ރައްޔިތުންގެ ލޭބޮމުން ގެންދާތަނެވެ. ދާދިފަހުން ޔުނެސްކޯގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނުވުމާއެކު ފަލަސްޠީނު މިނިވަންދައުލަތެއްގެ ގޮތުގައި ޤަބޫލުކޮށްފާނެތީ އެކަމުގެ އިންޛާރުތައް ދެމުން އަންނަކަން ތިޔަފަރާތަށްވެސް އެނގިފައިވާނެވެ. އެމެރިކާގެ ޅާރިޖިއްޔާގެ ނަމުގައި ވާހަކަދެއްކި ވިކްޓޯރިއާ ނިއުލޭންޑް މިކަމުގެ އިންޒާރުދެމުން ބުނެފައިވަނީ ބައިނަލް އަޤުވާމީ އެއްވެސް ޖަމްޢިއްޔާއަކުން ފަލަސްތީނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްކަމުގައި ޤަބޫލުކޮށްފިނަމަ އެޖަމްއިޔާއަކުން ނޫނީ އެ އޮގަނައިޒޭޝަނަކުން އެމެރިކާގެ އިޤްތިޞާދީ އެހީކަޑާލާނަމެވެ. އެމަންޖެ މިކަން ހާމަކޮށްފައިވަނީ އިއްޔެ އެމެރިކާގެ ސަވާ ރޭޑިއޯދިން ބަޔާނެއްގައެވެ. އެރޭޑިއޯއަށް ސަވާ ހާމަކޮށްދިންގޮތުގައި ޔުނެސްކޯއަށް ފައިސާގެ އެހީދިނުން ކަޑާލީ މިފަދަ ޙާލަތްތތަކުގައި އެހީހުއްޓާލުމަށް އެމެރިކާގެ ޤާނޫނު ސަރުކާރަށް މަޖްބޫރުކުރާތީއެވެ.  އަދި ކަށަވަރުކޮށްދިންގޮތުގައި މި  މިފަދަ އެހެން ޙާލަތްތަކުގައި މިފިޔަވަޅުތަކުރާރު ކުރުމަށްކަމެވެ. އިތުރަށް ބުންޏެވެ. "އަހަރެމެންވާނީ ވަރަށްސާފުކޮށް ފަލަސްޠީނުގެ މީހުންނަށް މިކަން ސާފުކޮށްދީފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައިވާ އަހަރުމެންގެ ބައިވެރިންނަށް މިކަން އަހަރެމެން މިގެނަދަނީ ސާފުކޮށްދެމުންނެވެ. އަހަރެމެން އދ ގެ އެހެން އޯގަނައިޒޭޝަންތަކުންވެސް މިފަދަ ފިޔަވަޅުތައް އެޅުން އަހަރެމެން އިންކާރުކުރަމެވެ. އަދި އެހެން ތަނެއްގައި މިކަންތަކުރާރުވިޔަސް ފައިސާގެ ގުޅުންކަޑާލައި އެމެރިކާގެ މަވްޤިފުދެމެހެއްޓުމަށް އަހަރެމެންވަނީ ތައްޔާރަށެވެ."

އެމެރިކާގެ ނޭއްގާނީ ސިޔާސަތުގެ ދަށުން އިންސާނުން ބިކަވެގެންދާއިރު މިކަންދަންނަ ބަޔަކު މިދުނިޔޭގައި މަދެވެ. ނުވަގަ އެކަން ނުދަންނަކަމަށާއި ނޭގޭކަމަށް ހެދިގެންއުޅޭމީހުން ވަރަށްގިނައެވެ. އެމެރިކާއަށް އަޅުވެތިވެފައިވާ އިސްލާމީ ބޮޑެތި ޤައުމުތައް ކުރިއަށްއޮތް ތަނުގައި މިކަމާމެދު ޢަމަލުކުރާނެގޮތަކީ ކޮބައިބާވައެވެ.

ސަޢޫދިއަރަބިޔާއަކީ ފަލަސްޠީނު މިނިވަން ދައުލަތެއްކަމުގައި އޮތުމަށް ދުނިޔެ ތަމްސީލުކުރާ މަންދޫބުން ރުހޭތޯ ބެލުމަށް ނެގި ވޯޓް ކާމިޔާބުކުރުމަށް ވަރަށްބާރަށް އަޑުއުފުލި އިސްލާމީ އެންމެ މުހިންމު ދައުލަތެވެ. ސަޢޫދީގެ ޚާރިޖިއްޔާއިން މުޅިދުނިޔެއަށް އޭރު ހިއްވަރުދިނީ ފަލަސްޠީނަކީ މިނިވަންދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށެވެ. އަދި އދ ންވެސް އެކަމަށް އެދިފައިވެއެވެ. ނަމަވެސް އދ ން އެމަރިކާ ވީޓޯގެ ސަބަބުން އެކަންވަނީ ޙަޤީޤަތަކަށް ނުވެފައެވެ. ނަމަވެސް މިދިޔަ ހޯމަދުވަހު އދ ގެ އޯގަނައިޒޭޝަނެއްކަމުގައިވާ ޔުނެސްކޯއިން ވަނީ ފަލަސްޠީނަކީ އެތާނގެ ފުރިހަމަ މިނިވަން މެންބަރެއްގެ ގޮތުގައި ނިންމާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *