ދިއިސްލާމް ސަރުކާރުން ބޭނުންވާ ގޮތަށް ހުކުރު ހުތުބާ ހެދުމަށް ނާޒިމް ޕްރެސަރ ކުރި: ޝަހީމް

ސަރުކާރުން ބޭނުންވާ ގޮތަށް ހުކުރު ހުތުބާ ހެދުމަށް ނާޒިމް ޕްރެސަރ ކުރި: ޝަހީމް

ސަރުކާރުން ބޭނުންވާ ގޮތަށް ހުކުރު ހުތުބާ ހެދުމަށް ނާޒިމް ޕްރެސަރ ކުރި: ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ފޮޓޯ: ހަވީރު

 

ސަރުކާރުން ބޭނުންވާ ގޮތަށް ހުކުރު ހުތުބާ ހެދުމަށް  ރައްޔިތުން މަޖިލީހުގެ  ގދ. މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު ނާޒިމް ޕްރެސަރ ކޮށްފައިވާ ކަމަށް އަދާލަތު ޕާޓީގެ އިސްތަރުޖަމާން އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދިޓިވީއިން ގެނެސްދިން 'ހަބަރުތެރެއިން' ޕްރޮގްރާމްގައި ޝަހީމް ވިދާޅުވި " މިދިޔަ އަހަރު ޔާމީން އާއި ޤާސިމް އިބްރާހިމް ރިސްވަތުގެ ތުހުމަތެއްގައި ހައްޔަރު ކޮށްފައި ހުރި ދުވަސްވަރު ސަރުކާރުން އެހަފްތާގެ ހުކުރު ހުތުބާ ހަދަން ޖެހޭނީ ރިޝްވަތާއި ބެހޭގޮތުން ކަމަށް ދަންނަވާފައިވާ ކަމަށާއި އެގޮތަށް އިސްލާމިކް މިނިސްޓްރީއިން އަމަލު ކޮށްފައި ނުވާތީވެ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމް ސީދާ އަޅުގަނޑުގެ ފޯނަށް ގުޅާފައި ސަރުކާރުން ބޭނުންވި ގޮތަށް ހުކުރު ޚުތުބާ ހެދުމަށް ޕްރެސަރ ކޮށްފައި "  ވާކަމަށް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް ސީދާ އެމްޑީޕީގެ މެމްބަރުން ނުފޫޒް ފޯރުވުމަށް އެއިރު މަސައްކަތް ކޮށްފައިވާ ކަމަށާއި އެއީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި ޝަހީމް ވިދާޅުވީ، ޝަހީމާއި އިމްރާނަށް ދީނީ ގޮތުން ވާހަކަދެއްކުމުގެ މިނިވަންކަން ހޯދާދީފައިވަނީ ދީނީ އިލްމުވެރިން އަމިއްލަ އަށް ކަމަށާއި އެކަމަށް އެމްޑީޕީ އިން ކަމެއް ކޮށްދީފައި ނުވާކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވެފައިވަނީ "ޝައިހް އިމްރާނާއި ޝައިހް ޝަހީމްގެ ފަތިފުށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި  ވާހަކަ ދެއްކުމުގެ މިނިވަންކަން ހޯދާދިނީ އެމްޑީޕީއިން "ކަމަށެވެ.

ޓެގް

ހުކުރު ހުތުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.