ވާހަކަދިއިސްލާމް

އަޅުގަނޑު އިސްލާމް ދީން ޤަބޫލުކުރީ... 1 (މި ސުވާލާ ހެދި)

އަޅުގަނޑު އެއްފަހަރަކު އަލަށް އިސްލާމްވީ އަޚަކާ އި މި ސުވާލު ކޮށްލީމެވެ. އެ އަޚާ ގެ ވާހަކަ އަޚާ ކިޔައިދިން ގޮތަށް ނަމަވެސް މިކިޔައިދެނީ ވަރަށް ވެސް ޚުލާސާ ކޮށެވެ.

"މީގެ ކުރިން ޗާރޗް ފާދަރ އަކަށް ވުމާއި ގާތް ކަމެއް އަޅުގަނޑަށް ލިބުނެވެ. އޭރު ފާދަރ އަކަށް ވުމަށް އަޅުގަނޑަށް އިނީ ދެން އަހަރަކަށް ވުރެން ކުޑަ ދުވަސް ކޮޅެއް ލިބިފައެވެ. އޭގެ ކުރިޔަކުން ވެސް އޭރަކު ވެސް އަޅުގަނޑަކަށެއް މުސްލިމުން ނަކީ ވެސް އުޅޭ ބައެއް ނޫން ކަމުގެ އިތުރު ކަމެއް އިނގިފަ އެއް ނެތެވެ. ނަމަވެސް.......

އަޅުގަނޑަކީ ނިކަން ކިޔަވާ އެއްޗެހިން ސުވާލު ކޮށްއުޅޭ މީހަކަށް ވާތީ ވެ މި އެންމެ ސުވާލެއް އަބަދުވެސް ހިތުގައި އޮވެއެވެ. ބައިބްލް އަކީ އަޅުގަނޑުގެ ފޮތެވެ. ޢަރަބި އޭ ކިޔާ ބަޚުރުވައިގެ ކަންފުޅެއްވެސް އޭރަކު އަޅުގަނޑުގެ އަތަކު ނެތެވެ. އެ ބައިބްލް އާއި ތިމަން ކުރާ ސުވާލުތަކުގެ ބަ އެއް ޖަވާބު ލިބެ އެވެ. ނަމަވެސް އަނެއްބައި...

މި ސުވާލު އަޅުގަނޑު ގެ ޓިޗަރުން ނަށް ވެސް ކޮށް އުޅެމެވެ. އެމީހުންގެ ތެރެއިން ވެސް އަޅުގަނޑަށް ލބޭ ޖަވާބާއި މެދު ހިތެއް ހަމަ އެއް ނުޖެހެއެވެ.
މި އެންމެ ސުވާލަކީ އަޅުގަނޑު ގެ ދިރިއުޅުން ބަދަލު ކުރި ސުވާލެވެ. "ދިރި މި އުޅެނީ ކީއްކުރަން ހެއްޔެވެ؟"
މިހެން އުޅެނިކޮށް އެއްދުވަހަކު ތިމަން ނަ އަށް "وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ" (51:56) މިއާޔަތުގެ ވާހަކަ އަޑު އިވިއްޖެ އެވެ. ޖަވާބު ކިތަނމެ ހާ ވެސް ކުޑަ އެވެ. ނަމަވެސް އަޅުގަނޑަށް ޖަވާބު ލިބިއްޖެ ކަމާ މެދު ހިންހަމަ ޖެހިއްޖެ އެވެ. އެޔަށްފަހުން ކަމަކަށް ފަހު ކަމެއް މަތިވަމުން އައިސް އިސްލާމް ދީން ޤަބޫލު ކުރީ އަޅުގަނޑަށް ޗާރޗް ފާދަރ ކަމުގެ މަޤާމް ދިނުމަށް ޤައުމުން ބޭރަށް ދާން ލިބުން ޓިކެޓް ކެންސަލް ކޮށްލާފަ އެވެ."
ކުދިން ނޭ! ދީނުގެ މާނަ އަކީ ކޮބައިހެއްޔެވެ؟ "އުޅެން ވީ ގޮތް" ސިމްޕަލް އެހެންނު؟ އެކަމަކު އެ އުޅެން ވީ ގޮތުގައި އަޅުކަންތަކުން ފެށިގެން ޤަޟާ ޙާޖާ ކުރާން އިށީން ނަ ގޮތާއި ހަމަޔަށް ކިޔައި ދީފަ ނެތިއްޔާ އުޅެން ވީ ދެން ކިހިނަކުން ކަން ފަހެ އިނގެނީ ކިހިނެތް ހެއްޔެވެ؟ މި ބުނާ އުޅެން ވީ ގޮތް އޮތް ދީނެއް އިސްލާމް ދީން ފިޔަވާ އަޅެ ދައްކަ ބަލާށެވެ. މި އަޅުގަނޑު (ވާހަކަ ކިޔައިދޭ އަޚާ) އަކީ ވެސް ވަރަށް އެހެން ދީނުގެ ކަންކަން ފެނި ދެނި ވެ އުޅޭ މީހެކެވެ. ހަމަ ގައިމުވެސް އަޅުގަނޑަކަށެއް ނޭންގެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ