ޔޫރަޕު ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ނޫންކަމަށް ތުރުކީގެ ބޮޑުވަޒީރު ހާމަކޮށްފި

ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ނޫންކަމަށް ތުރުކީގެ ބޮޑުވަޒީރު ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ނޫންކަމަށް ތުރުކީގެ ބޮޑުވަޒީރު ހާމަކޮށްފިއެވެ.

ތުރުކީގެ ބޮޑުވަޒީރު ރަޖަބް އުރުދުގާން ވިދާޅުވަނީ 'ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ގަބޫލު ނުކުރަށްވާކަމަށާއި ހަމާސް އަކީ އިންތިހާބެއްވެސް ކާމިޔާބު ކޮށްފައިވާ ސަރުކާރެއްކަމަށެވެ. އިޒްރޭލާއި މެދު ތުރުކީގެ ނުރުހުން އަމާޒުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އުރުދުގާން މިހެން ވިދާޅުވުމުގެ ކުރިންވެސް އެތައް ފަހަރަކު ހަމާސް ދިފާއުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަމުގެ ވާހަކަ ވަރަށް ކެރި ހުރެ ދަނީ މުޅި ދުނިޔެއަށް ހާމަކުރަމުންނެވެ.

ރަޖަބް އުރުދުގާން އަކީ ފަހަކަށް އައިސް މުޅި ދުނިޔޭންވެސް އެންމެ ފާހަގަ ކުރެވޭ އިސްލާމީ ޝަހުސިއްޔަތެވެ. ތުރުކީގައި ބުރުގާއެޅުން ޒަމާނުންސުރެ މަނާވެފައި އޮތުމަށްފަހު ބޮޑުވަޒީރުގެ އަނބިކަނބަލުން ބުރުގާ އަޅުއްވައިގެން ފެނުމަކީ ގިނަ ބަޔަކަށް ހަޖަމްކުރަން އުނދަގޫވިކަމެކެވެ. އުރުދުގާން ވެރިކަމަށް ވަޑައިގެން ތުރުކީގައި އިސްލާމީވަންތަކަން ދެމެހެއްޓުމަށްދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.