ދިއިސްލާމް ސުލްހައިގެ ވިހި އަހަރުވީ ދަލުގައި އަދިވެސް ޖެހެންވީތޯ

ސުލްހައިގެ ވިހި އަހަރުވީ ދަލުގައި އަދިވެސް ޖެހެންވީތޯ

ސުލްހައިގެ ވިހި އަހަރުވީ ދަލުގައި އަދިވެސް ޖެހެންވީތޯ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިދިޔަ މަހުގެ ތޭވީސްވަނަ ދުވަހު ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް، އދގެ އާއްމު އެސެމްބްލީގައި ހުށަހެޅި މައްސަލައަކީ، އިޒްރާއިލާއި ފަލަސްތީނާއި ދެމެދު ސުލްހަ ގާއިމު ކުރުމަށް ފަލަސްތީނުން ކުރަމުން ގެންދިޔަ މަސައްކަތްތަކަށް ވޭތުވެ ދިޔަ މަޒީގައި ކުރިއެރުމެއް ނުލިބުމުން، އަޅާފައިވާ ފިޔަވަޅެކެވެ. އަދި ފަލަސްތީނުގެ މިފިޔަވަޅަކީ އިޒުރައިލާއި އެމެރިކާ ސިއްސުވާލި ފިޔަވަޅެއް ވެސްމެއެވެ. މައްސަލަ ހުށަހެޅުމުގެ ކުރިން އދއާއި ހަމައަށް ސުލްހައިގެ މައްސަލަ ނުގެންދިއުމަށް އެތައް އިންޒާރެއްދީ އެމެރިކާއާއި އިޒުރައިލުންވަނީ ފަލަސްތީނަށް ބިރުދައްކާފައެވެ. ނަމަވެސް މަހުމޫދު އައްބާސްއާއި މިނިވަން ކަމަށް ފެންބޮވައިގެންފައި ތިބި ފަލަސްތީނުގެ ރައްޔިތުންވަނީ އިޒުރާއިލައި އެމެރިކާގެ އިންޒާރުތަކަށް ބެލުމެއް ނެތި އދގެ އާއްމު މަޖިލީހަށް އެމައްސަލަ ހުށަހަޅާފަ ހުށައެޅިއެވެ.

ސަލާމަތައި ބެހޭ ކައުންސިލްގައި މައްސަލަ ވީޓޯ ކުރާނެ ކަމަށް އެމެރިކާއިންވަނީ ތަކުރާރުކޮށް ބުނެފައެވެ. ސަލާމަތައި ބެހޭ ކައުންސިލުގައި މިމައްސަލައިގެ ބަހުޘްތައް ފެށުމަށް ނިންމާފައިވާ އިރު، ބަހުޘަށް އެކަނި މަސް ދުވަސް ނުނަގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްވަނީ ވިދާޅުވެފައެވެ. ފަލަސްތީނަށް އެމެރިކާއާއި، އިޒުރާއިލުން ދައްކަމުން ދިޔަ ބިރުތަކައި ދެމުން ދިޔަ އިންޒާރުތައް ނާކާމިޔާބުވުމުން، މިހާރު އެމެރިކާއިން ފަށާފައިވާ މަސައްކަތަކީ އަނެއްކާވެސް ފަލަސްތީނައި އިޒުރާއިލު ސުލްހަ ކުރުވުމުގެ މަސައްކަތެވެ. މެދު އިރުމަތީގެ ސުލްހައަށް މަސައްކަތް ކުރުމަށް އެމެރިކާއާއި، ރަޝީޔާއާއި، އދ އަދި ޔޫރަޕިއަން ޔޫނިއަންއިން އުފައްދާފައިވާ މިޑް އީސްޓް ކުއާރޓެޓްއިން ވަނީ ފަލަސްތީނާއި އިޒުރާއިލާއި ދެމެދު ސުލްހައިގެ ވާހަކަތައް ވަގުތުން ފެށުމަށް ގޮވާލާފައެވެ.

ހިތާމައަކީ މިގޮވާލުމާއި މެދު ވިސްނަވަމުންދާ ކަމަށް މަހުމޫދު އައްބާސް ވިދާޅުވެފައިވުމެވެ. އުފާވެރި ހަބަރަކީ، އިޒުރާއިލުގެ އަމަލުތައް ހުއްޓާނުލާނެ ނަމަ ސުލްހައިގެ ވާހަކަތަކަށް ދިއުމަށް ބޭނުން ނުވާ ކަމަށް މަހުމޫދު އައްބާސް ވިދާޅުވި ވިދާޅުވުމެވެ. ހަގީގަތަކީ ކުރިން ނުލިބުނު މޮޅެއް މިފަހަރުވެސް ނުލިބުމެވެ. މަސްދުވަސް ތެރޭގައި ފެށޭނެ ކަމަށް ބެލެވޭ މިވާހަކަތަކުގެ ވެސް މަގުސަދަކީ ފަލަސްތީނު އަޅުވެތިކޮށް އިޒުރާއިލުގެ އަނިޔާވެރިކަމުގެ ދަށުގައި އަދިވެސް ބޭއްވުމެވެ. އެމެރިކާ އިސްވެ އޮވެ ފަލަސްތީނައި އިޒުރާއިލާއި ދެމެދު ސުލްހަ ކުރުވުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދާތާ ވިހި އަހަރުވީ އިރުވެސް އެއްވެސް ކުރިއެރުމެއް ނުލިބި އޮތް ކަމީ މިކަމުގެ އަލިގަދަ ހެއްކެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.