ޢަރަބި ބަހާރު މޫސުމުގެ ތެރެއިން އައި މިސްރުގެ ޘަވްރާ އޮމާންކަމާއެކު، ލީބިޔާއާއި ސޫރިޔާ އަދި ޔަމަންހިނގައި ހިނގަމުންދާ ފަދައިން މާބޮޑު ލޭއޮހުރުވުންތަކަކާއި ގެއްލުންތަކަކާއި ނުލައި، ޘަވްރާގެ ފުރަތަމަ ބައި ކާމިޔާބުވކޮށްފިއެވެ. ޙުސްނީ މުބާރަކް ވެެރިކަމުންދުރުކޮށް އޭނާގެ އިންތިޒާމިއްޔާ އުވާލެވިގެން ހިނގައްޖެވެ. މިކަން މިގޮތަށްވެގެން ދިޔުމަކީ މިސްރު އަދި އިސްލާމީ އުންމަތުގެ ދުޝްމިނުންގެ ހިތްތަކަށް ބޭޤަރާރުކަން ލިބިދިއްކަމެކެވެ. އެހެނީ މިސްރުގައި އެބައިމީހުންގެ ގޮޑިކޮށްކޮއިން ވެރިކަންކުރުމަކީ އިސްލާމުންގެ މައްޗަށް ވަކިން ޚާއްޞަކޮށް ސިޔާސީގޮތުން މެދު އިރުމައްޗޭ ކިޔާފައިވާ ހިސާބުގަޑަށް އަތްގަދަކޮށް އެމެރިކާއާއި އިނގިރޭސީންގެ ޙަރާންދަރިކަމުގައިވާ އިޒްރޭލް ފަލަސްޠީނުގައި އޮބެހެއްޓުމަށްޓައި ވަރަށް ބޭނުންވާނެކަމެކެވެ. މިސުރުގައި ހެޔޮއިސްލާމީ ވެރިކަމެއް ޤާއިމުވެއްޖެކަމުގައިވާނަމަ ޣައްޒާއާ އޮންނަގުޅުން ބަދަހިވެ އިޒްރޭލާ މިސްރުގުޅިފައިވާ ވާފަށްބަލިކަށިވެގެންދާނެކަމީ ޝައްކެތްނެއްކަމެކެވެ. ކޭމްޕްޑޭވިޑްގެ އެއްބަސްވުން އަލުން މުރާޖަޢާކުރެވި ޢަދުލުވެރި ބަދަލުތަކެއް އައުމަކީ ގާތްކަމެކެވެ. ފަހަރުގައި އުވާލުމަކީ ދުރުކަމެއްނޫނެވެ.
މިޞްރުގެ ރައްޔިތުން މިސްރުން އިޒްރޭލާގުޅުންބާއްވާކަށް ބޭނުމެއްނުވެއެވެ. ބޭނުންނުވާޙާލުގައިވެސް ކުރީގެ ސަރުކާރުން އެ ޤައުމާ ގުޅުން ބާއްވާފައިވެއެވެ. އަދި ނުއަގުގައި މިސުރުގައި ހުރި ރިސޯސް، ޠަބީޢީގޭސް އިޒްރޭލަށް ދީފައިވެއެވެ. އަދި މިނޫންވެސް އެތަށް ވެދުންތަކެއް ޙުސްނީމުބާރަކުގެ އިއްތިޒާމިއްޔާއިން ވަނީ ކޮށްދީފައެވެ. ޘަވްރާއައުމުން ވަނީ މިހުރިހާކަމެއް ހުއްޓިފައެވެ. އަދި އޭގެފަހުގައި އިޒްރޭލާއި މިސުރުގެ ރައްޔިތުންގެ މެދުގައި އިތުރަށް އަރާރުންތައް ބޮޑުވެ އިޒްރޭލްގެ އެމްބެސެޑަރވަނީ ފޮނުވާލާފައެވެ.
މިޞްރުގެ އިންފޮރމޭޝަން މިނިސްޓަރ އުސާމާ ހައިކަލް ސިފަކުރާގޮތުގައި މިސުރުގެ ނަޞާރާއިން އިންތިޒާމުކޮށްގެން 10 ހާސް ޤިބްޠީން މަގުމައްޗަށްނުކުމެ ކުރިމުޒާހަރާއަކީ ހަމައެކަނި ދާޚިލީފިތުނައެއްނޫނެވެ. އެއީ ބޮޑުމުއާމަރާތެކެވެ. ބޭރުގެ ބާރެއްގެ އެއްބާރުލުމުން ރާވައިފައިވާ ބޮޑުރޭވުމެކެވެ. އަދި،ސިފައިންނާއި މަދަނީމީހުން ހިމެނޭގޮތުން ގާތްގަޑަކަށް 24 މީހުންމަރުވެ 183 މީހުން ޒަޚަމްވެފައިވާކަމަށް ޚަބަރުތައް ލިބޭ މުސްލިމުންނާއި ޤިބްޠީންގެ ދެމެދުގައި ހިނގި މިފިތުނައަކީ، އޭގެފަހަތުގައި ބޭރުގެ ބާރެއްވާ ފިތުނައެއްކަމުގައި، މިސްރުގެ އެހެންޖަމާޢަތްތަކާއި އިސްލާމީ މުފައްކިރުން ދަނީ ސިފަކުރަމުންނެވެ.
މިފިތުނަފެށިގެންއައީ މިސްރުގެ އަސްވާންގައި ހުއްދައަކާނުލައި ނަޞާރާއިން ބިނާކުރަންފެށި ފައްޅިއެއްގެ އިމާރާތްކުރެވިފައިވާ ބައިތަޅާލުމާއި ގުޅިގެންނެވެ. ޝިބްރާއިން ފަށައިގެން ޤާހިރާމެދަށް ބޭއްވި މިހިނގާލުމުގައި އާދީޢްތަދުވަހުގެ ރޭވަނީ މުސްލިމު ޒުވާންނާއި ނަޞާރާއި ކުރުމަތިލުމަކަށްބަދަލުވެފައެވެ. މުސްލިމުން ގެ ނަޢުރާ އުފުލަމުންދިޔައިރު، ނަޞާރާއިން ތިމަންމެން ފުރާނައާއި ލެއިން ޞަލީބަށް ޤުރްބާންވާނެކަމުގައި އަޑުއުފުލަމުން ދިޔައެވެ.
މިސްރަށް ހެޔޮއެދޭ އެންމެންވެެސް މި ހަމަޖީ ހަރަކާތަށް އިންކާރުކުރެއެވެ. އަޒްހަރުން ބުނެފައިވަނީ މިސްރުގެ ޘަވްރާގެ ފޮނިމޭވާއަށް ގެއްލުންދޭނެ އެއްވެސް ކަމެއް މި ބިމުގައި ވިޔަނުދިނުމަށެވެ. އަދި ބޭރުގައިވާ މިސްރުގެ ލޮބުވެތި ވަޠަންގެ ޢަދާވާތްތެރިންގެންދަނީ މިސްރުގައި ފިތުނަ އުފައްދާނެ ފުރުޞަތެއް ނުދިނުމަށެވެ. އަނެއްކޮޅުން މިޞްރުގެ މުފްތީ ޢަލީޖުމްޢާ ބުނެފައިވެއެވެ. ހިނގާއެދިޔަކަމަކީ ދީނީކަމެއްނޫނެވެ. ނަމަވެސް އެއީ ހަމަނުޖެހުމެކެވެ. ފިތުނައެކެވެ. އަދި އެއީ ސަމާވީ ހުރިހާ ދީންތަކެއް އިންކާރުކުރާ ބޮޑު ހަމަޖީ ޙަރަކާތެއްކަމުގައެވެ. މިކަމާގުޅިގެން ދެއްކިވާހަކައިގައި ބާރުއަޅާފައިވަނީ މިކަމާގުޅުންހުރި އެންމެންގެ މައްޗަށް ގާނޫނީ އަދަބު ޙައްޤުގޮތުގައި ދިނުމަށެވެ. މިކަމުގެ ޙައްލަކީ އެއީކަމުގައި ހާމަކުރިއެވެ. ޙިޒްބުލް ޙުއްރިއްޔާ ވަލްޢަދާގެ ނާއިބްރައީސް ބުނެފައިވެއެވެ. މިސްރުގެ ޤިބްޠީންނަށް ހިމޭންކަމާެއެކު އަޑުއުފުލުމުގެ ޙައްޤުލިބިގެންވެއެވެ. ނަމަވެސް އެއީ ހަމަޖެހުން އުފެއްދުމަކާނުލައެވެ. މީސްތަކުންފިތުނަވެރިކޮށް ޤައުމު ފަސާދަކުރުމަކީނުލައެވެ. ހިނގާމިދިޔަފިތުނައިގައި ފަހަތުގައި ބޭރުގެ އަތެއްވާކަމުގައި އިޝާރާތްކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...