ދިއިސްލާމް ދުނިޔޭގެ އެންމެ އަގުހެޔޮ ޓެބްލެޓް އިންޑިޔާގައި ނެރެފި

ދުނިޔޭގެ އެންމެ އަގުހެޔޮ ޓެބްލެޓް އިންޑިޔާގައި ނެރެފި

ދުނިޔޭގެ އެންމެ އަގުހެޔޮ ޓެބްލެޓް އިންޑިޔާގައި ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އިންޑިޔާގެ ސަރުކާރުން ކިޔަވާކުދިންނަށް ޙާއްސަކޮށްގެން "އަކާސް" ނަމަކަށްކިޔާ ޓެބްލެޓެއް ނެރެފިއެވެ.

މިއީ މިހާތަނަށް ނެރުނު އެންމެ އަގުހެޔޮ ޓެބްލެޓްއެވެ. ސަރުކާރުގެ ސަބްސިޑީގެ ދަށުން ކިޔަވާކުދިންނަށް ގަންނަން ލިބެނީ 35 ޑޮލަރަށެވެ. އާންމުންނަށް ފިހާރަތަކުން 60 ޑޮލަރަށް ލިބެން ހުންނާނެއެވެ.

އިންޑިޔާގެ ސަރުކާރުގެ އުންމީދަކީ ފަގީރުންނާއި މުއްސަދިންގެ މެދުގައިވާ ފަރަގު ކުޑަކުރުން ކަމަށާއި މިއާޓެބްލެޓްގެ ސަބަބުން ފަގީރުންނާއި މުއްސަދިންގެ މެދުގައި ޑިޖިޓަލް ލައިފްގައި އުފެދިފައިވާ ފަރަގު ނައްތާލެވޭނެކަމަށް އުންމީދުކުރާކަމަށް ކޮމިއުނިކޭޝަން އެންޑް އެޑިއުކޭޝަން މިނިސްޓަރވަނީ ބުނެފައެވެ. އިންޑިޔާގެ އާބާދީގެ ގިނަބަޔަކީ ފަގީރުންކަމުން އެޕަލްގެ އައިޕެޑް ފަދަ އަގުބޮޑެތި ޓެބްލެޑް ބޭނުން ކުރުމަށްވަނީ ނުކުޅެދިފައެވެ.

މިއަގުހެޔޮ ޓެބްލެޓްގެ ސްޕެސިފިކޭޝަން އަށް ބަލާލާއިރު އޯއެސްއަކީ މަސްހޫރު އެންޑްރޮއިޑް 2.2 (ފްރޯޔޯ) އެވެ. 7 އިންޗް ޓަޗް ސްކްރީންވާއިރު ބަރުދަނުގައި 350 ގުރާމް ހުރެއެވެ. 32 ޖީބީ މެމޮރީ ކާޑް އިތުރު ކުރެވޭނެއެވެ. ރެމްގައިވަނީ 256 އެވެ. 2 ޔޫއެސްބީ ޕޯރޓް ހިމަނާފައިވާއިރު ބެޓެރީ ދެގަޑިއިރާއި 3 ގަޑިއިރު ބޭނުން ކުރެވެއެވެ. 3ޖީ ، ވައިފައި ބޭނުން ކުރެވޭ އިރު ވީޑިއޯ ގޭމް އާއި ޕީޑިއެފް ފައިލް އަދި އޮފީސް ޑޮކިއުމެންޓް ކިޔާލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.