ދުނިޔޭގެ އާބާދީގެ 7 ބައި ކޮއްފަ އެއްބައިގެ މީހުން ގޫގުލް އާރތް ޑައުންލޯޑް ކޮށްފިއެވެ. މިޓެކްނޮލޮޖީއަކީ މީގެ 6 އަހަރު ކުރިން އުފައްދާފައިވާ ޓެކްނޮލޮޖީއެކެވެ.
ހިލޭ ގޫގުލް އިން ޑައުންލޯޑް ކުރެވެން ހުރި މި އެޕްލިކޭޝަން އެއްބިލިޔަން މީހުން ޑައުންލޯޑް ކޮއްފައިވާތީ ގޫގުލް އިން އިއްޔެވަނީ އެކަން ފާހަގަ ކޮށްފައެވެ. ސެޓްލައިޓް މެދުވެރިކޮން ނަގާފައިވާ ހައިޑެފިނީޝަން ފޮޓޯތަކާއި، ފޮޓޯގްރާފިކް އިމޭޖްތަކާއި، ދުނިޔޭގެ އެކި ހިސާބުތަކުން އެކި އެކި މީސްމީހުން އަޅާފައިވާ ފޮޓޯތަކުން ތަރަޤީވެފައިވާ މި އެޕްލިކޭޝަން ޑައުންލޯޑްނުކުރާ 6 ބިލިޔަން މީހުންގެ ތެރޭގައި ތިބޭފުޅާ ހިމެނޭނަމަ ގޫގުލް އިން ވަނީ ޑައުންލޯޑްކޮށް މި އަގުހުރި އެޕްލިކޭޝަންގެ ފޮނިމީރުމަކާއި މަޢުލޫމާތު ބޭނުން ހިފުމަށް ގޮވާލާފައެވެ.
މިބޮޑު ޕްރޮޖެކްޓް ތައްގީކޮށްފައިވަނީ 2001 ވަނަ އަހަރު "ކީހޯލް" ކިޔާ ކުންފުންޏަކުންނެވެ. މި އެޕްލިކޭޝަން ނެރުމުގެ ކުރިން ގޫގުލްއިން ވަނީ ކޮންޕެނީ ގަނެލާ ގޫގުލްގެ އެހެން އެޕްލިކޭޝަން ތަކާއި ގުޅުވާލާފައެވެ.
ގޫގުލް އާރތް ބޭނުން ކޮށްގެން ދުނިޔޭގެ ޗާރޓް އެކީ ވަކި ވަކިން ބަލާލެވެއެވެ.
މިއެޕްލޮކޭޝަން އަވަހަށް ޑައުންލޯޑް ކޮއްލާށެވެ. ނުވަތަ ވެބްސައިޓް ބޭނުން ކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް 60 ސިކުންތު ތެރޭ ދަތުރު ކޮއްލާށެވެ.\
ތިރީގައިވާ ފޮޓޯ ބޮޑުކޮން ބައްލަވާލައްވާ!
ގޫގުލް އާރތް ޑައުންލޯޑް

ކޮމެންޓް (0)
ލޯޑް ކުރަމުން...