ދިއިސްލާމް ފަލާޙް ޕްރީސްކޫލްގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ފަލާޙް ޕްރީސްކޫލްގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ފަލާޙް ޕްރީސްކޫލްގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލާޙް ޕްރީސްކޫލްގެ ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކުރުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ދިއިސްލާމް ފޮޓޯ / އިބްރާހީމް އަޝްވާޤް

މާލޭގައި ހިންގާ ފަލާޙް ޕްރީސްކޫލްގެ މިއަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފި އެވެ.

އިއްޔެ ހަވީރު 16:00 ގައި އެ ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތުގައި މުބާރާތުން ވަނަ ވަނަ އަށް ދިޔަ ކުދިންނަށް އިނާމް ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން އައްޝައިޚް ޙަސަން ސައީދު އެވެ. މި ޖަލްސާގައި އެ ސްކޫލްގެ ޕްރިންސިޕަލް އަލްޤާރީ ޢަބްދުއްސައްތާރު އަބޫބަކުރު ވާހަކަފުޅު ދެއްކެވި އެވެ. އަދި މުބާރާތުގެ ފަނޑިޔާރުންގެ ފަރާތުން އަލްފާޟިލް ޢަލީ ރަމީޒް ވާހަކަފުޅު ދެއްކެވި އެވެ.

މިދިޔަ ސެޕްޓެމްބަރ މަހު ކުރިއަށް ދިޔަ މި މުބާރާތް ބާއްވާފައި ވަނީ 2 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ 4 އަހަރާ 6 އަހަރާ ދެމެދުގެ ބަޔާއި، 2.5 އަހަރާ 4 އަހަރާ ދެމެދުގެ ބައެވެ.

ޓެގް

ފަލާޙް ޕްރީސްކޫލް ޤުރުއާން މުބާރާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.