ގާޒާގެ އެއާރޕޯޓަށް 48 ގަޑިއިރު ތެރޭގައި ދެ ފަހަރަށް އިޒްރޭލުން ބޮން އަޅައިފިއެވެ.
އިޒްރޭލުގެ އަނިޔާވެރިކަމުގެ ސިލްސިލާގެ ދަށުން މިއަދުގެ ވަގުތެއްގައިވެސް ފަލަސްތީނުގެ ގާޒާ އެއާރޕޯޓަށް 9 މިސައިލުން ހަމަލާ ދީފައިވާކަމަށް ފަލަސްތީނުގެ އެތެރޭގެ މީޑިއާތަކުން ހަބަރުދެއެވެ. 'ރަފަހ އިންޓަނޭޝަނަލް އެއާރޕޯޓް' އަށް އަމާޒުކޮށް އިޒްރޭލުން ފަށާފައިވާ މިހަމަލާތަކުގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާކަމެއް އެނގިފައި ނުވިނަމަވެސް އިއްޔެގެ ވަގުތެއްގައިވެސް ގާޒާގެ އެއާރޕޯޓްގެ އިމާރާތަކަށް ހަމަލާދީފައިވާކަމަށް ހަބަރުލިބެއެވެ.
ފަލަސްތީނުގެ އެތެރޭގައި ދެވޭ މިފަދަ ހަމަލާތަކުގެ ހަބަރު ގިނަ ފަހަރަށް ދުނިޔޭގެ މީޑިއާތަކުން ސަމާލުކަން ދީފައެއް ނުވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...