ސުފުރާ ސާގު ޕިރިނީ ބޯނަންތަ؟ މިއޮތީ ރެސިޕީ

ސާގު ޕިރިނީ ބޯނަންތަ؟ މިއޮތީ ރެސިޕީ

ސާގު ޕިރިނީ ބޯނަންތަ؟ މިއޮތީ ރެސިޕީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ބޭނުންވާ ތަކެތި

3 ޖޯޑު ސާގު
1 ދަޅު ގެރިކިރު
2/1 ޖޯޑު ހަކުރު
2/1 ޖޯޑު ކަޖޫނަޓް ( ކޮށާފައި)
1 ޖޯޑު ހިކިމޭބިސްކަދުރު
1 ސައި ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ތެއްޔަކަށް ފެން އަޅާލުމަށްފަހު ކައްކަން އުދާލާށެވެ. ފެން ކެކިގަތުމުން މަޑު މަޑުން ސާގު އަޅަމުން ދޭފަތުން ހަލަމުންދާށެވެ. ސާގުރޯފިލާ މަޑުވީމާ ފެން އޮއްސާލާފައި ރީތި ފެން އަޅާފައި ސާގު ގަނޑު ދޭފަތުން ހަލާލުމަށްފަހު އަނެއްފަހަރުވެސް ރީތި ފެން އަޅާފައި ފެން އޮއްސާލާފައި ( ގާތްގަނޑަކަށް ދެ ފަހަރު ދޮވެލާނީ) ސާގު ތެލި އުނދުން މައްޗަށް އުދާލާފައި ގެރިކިރާއި ކެޖޫނަޓް އަދި ހިކިމޭބިސްކަދުރު އަޅާފައި ބޮކިޖަހާ ކެކެން ފެށުމުން ވަކިން ތެއްޔެއްގައި ހަކުރު ކޮޅު ބްރައުން ( މާމުއި ކުލަ ހުންނަވަރަށް) ކޮށްފައި އަޅާލުމަށްފަހު އެސެންސް އެއްކޮށްފައި ( ބޭނުން ނަމަ ކުޑަ ކުލަކޮޅެއް އެއްކޮށް ލައްވާށެވެ. ) ކެކި ގަތުމުން އުނދުން މަތިން ބާލާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.