ދިއިސްލާމްޔޫރަޕު

ޖަރުމަންގެ 17 އަހަރުގެ ފިރިހެން ކުއްޖަކު 5 އަހަރު ވަންދެން ޖަންގަލީގައި ދިރިއުޅުމަށް ފަހު ބޭރަށް ނުކުމެއްޖެ.

މި ކުއްޖާ ބުނާ ގޮތުން އޭނާގެ ބައްޕަ މަރުވަންދެން އޭނާއުޅުނީ ބައްޕައާއި އެކު ޖަންގަލީގައެވެ. ފޮޓޯ: ޑެއިލީ މެއިލް .

މި ކުއްޖާ ބުނާ ގޮތުން އޭނާގެ ބައްޕަ މަރުވަންދެން އޭނާއުޅުނީ ބައްޕައާއި އެކު ޖަންގަލީގައެވެ. ފޮޓޯ: ޑެއިލީ މެއިލް .

ޖަރުމަނުވިލާތުގެ 17 އަހަރުގެ ފިރިހެން ކުއްޖަކު ޖަންގަލީގައި 5 އަހަރު ވަންދެން އުޅުމަށްފަހު، މިދިޔަ އާދީއްތަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި މީހުން އުޅޭ ސަރަހައްދަށް ނުކުމެއްޖެއެވެ.

އިނގިރޭސިން ބަހުން ވާހަކަ ދައްކަން އެނގޭ ރޭއި ނަމަކަށް ކިޔާ މި ކުއްޖާ ޖަންގަލީން ނުކުތްއިރު އެނާގެ އަތުގައި އަންނައުނާ އެހެން ވެސް ސާމާނު އަޅާއިފައިވާ ގޯންޏެއް އޮތެވެ.

ޖަރުމަންގެ ފުލުހުން ހާމަ ކުރި ގޮތުގައި މި ކުއްޖާއަށް އެނާގެ ނަން ފިޔަވައި އެނައާއި ބެހޭ އެހެން އެއްވެސް މަޢުލޫމާތެއް ދޭން ނޭނގެއެވެ. އެނާގެ އަތުގައި އޮތް ބާ ގޯނިގައި ވަނީ ކޮން އެއްޗެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ރޭއި ފުލުހުންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އޭނާގެ މަންމަ ކާރު އެކްސިޑެންޓެއްގައި މަރުވި ފަހުން އޭނަ އާއި އޭނާގެ ބައްޕަ އުޅެމުން ދިޔައީ ޖަންގަލީގައި ކަމަށާއި މިހާރު އޭގެފަހުން 5 އަހަރު ވެދާނެ އެވެ. އަދި ބުނީ އޭނައާއި ބައްޕަ ޓެންޓު ޖަހައިގެން ނިދައި އުޅުނު ކަމަށެވެ. އަދި އެކި ފަހަރު ޖަންގަލީގެ އެކި ހިސާބަށް ޓެންޓު ބަދަލު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ގާތު ރޭއި ބުނިގޮތުގައި އޭނަގެ ބައްޕަ ވަނީ  މީގެ ދެހަފްތާ ކުރިން މަރުވެފައެވެ. އަދި ބައްޕަ މަރުވުމުން ހަށިގަނޑު ވަރަށް ތިލަކޮށް ވަޅުލުމަށް ފަހު އެހީއަކަށް އެދި ނުކުތީ ކަމަށް ރޭއި ބުންޏެވެ. އޭނާގެ ބައްޕަ ވަނީ އެމަޖެންސީ ކަމައް ދިމާވައްޖެނަމަ އޭނާ އަތުގައިވާ ސަމުގާއިން އިރުމަތީ ކޮޅަށް ދިޔުމަށް ބުނެފައެވެ. ބައްޕަ މަރުވުމުގެ ކުރިން ދީފައިވާ އިރުޝާދުގެ މަތިން ރޭއި އަށް ވަނީ ބަރލިން ސިޓީއަށް ވާޞިލް ވެފައެވެ. ފުރާވަރުގެ މިކުއްޖާ ޖަރުމަނުގެ ވެރިކަން ކުރާރަށާއި ހަމައަށް ފޯރާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުގައެވެ.

ފުލުހުން ބުނީ ރޭއި ޖަންގައްޔަށް ދިއުމުގެ ކުރީގެ އެއްވެސް ހަނދާނެއް ނެތް ކަމަށާއި އެކަމަކު އުފަންވި ދުވަސް ބުނަން އެނގޭ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މުޑުދާރުވުން ފިޔަވައި އެހެން އެއްވެސް އަނިޔާއެއް ނުވަތަ ކާން ނުލިބިގެން އަނަރޫފަކަމެއް ފެންނަން ނެތްކަމަށް ފުލުހުން ހާމަ ކުރެއެވެ.

ފުލުހުން ދަނީ މިކުއްޖާ އާއި ބެހޭ އެއްވެސް މަޢުލާމާތެއް އެނގޭ ފަރާތެއް ހުރިތޯ ބަލަން ތަހްޤީޤް ކުރަމުންނެވެ. ނަމަވެސް ފުލުހުން ޢާއްމުކޮށްފައިވާ ކުއްޖާގެ ފޮޓޯގައި އޭނާގެ ލޯ ސެންސަރު ކޮށްފައި ވާތީ އޭނާގެ ބަލަދުވެރިންނަށް އޭނާ ފާހަގަ ކުރުން ދަތިވާނެ ކަމަށް ބައެއް އާއްމު ފަރާތް ތަކުން ބުނަމުން ދެއެވެ. ފުލުހުން މިކަން މިހެން ކޮށްފައި ވަނީ ޖަރުމަނުގެ ކުޑަކުދިންގެ ޙިމާޔަތާބެހޭ ޤާނުނުގައިވާ ގޮތުގެ މަތިންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *