ދިއިސްލާމް ފަރަކަށް އަރައި ދޯންޏެއްގައި ރޯވެ ތިން މީހަކު ފިހި އަނިޔާވެއްޖެ

ފަރަކަށް އަރައި ދޯންޏެއްގައި ރޯވެ ތިން މީހަކު ފިހި އަނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލިފާނުގެ ހާދިސާގައި ދޯނި އަނދާ ހުލިވަނީ

ވ.އަތޮޅުގެ ފަރަކަށް އަރައި ދޯންޏެއްގައި ރޯވެ ދޯނީގައި ތިބި ތިން މީހަކު ފިހި އަނިޔާވެއްޖެއެވެ.

މިހާދިޘާގައި އަނިޔާ ލިބުނު ތިން މީހުން  ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗުގައި މާލެ ގެނައުމަށްފަހު ފަރުވާދިނުމަށް އައިޖީއެމްއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި ރޯވެފައި ވަނީ މާލެއިން ފުރައިގެން ތ.ތިމަރަފުއްޓަށް ދަތުރުކުރަމުންދަނިކޮށް ވ.އަލިމަތާ ރިސޯޓާ ދިމާލު އޮތް ފިނޮޅަށް އެރި  ”ރިޝްވާ 04 ” ނަންބަރު ދޯނީގައި ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ޙާދިޘާ ހިނގި ތަނުގައި ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.