ދިއިސްލާމް ޢިސްރާއިލްގެ ފޮރިންމިނިސްޓަރ ފަލަސްތީންގެ ރައްޔެތުންނަށް ބިރުދައްކައިފި

ޢިސްރާއިލްގެ ފޮރިންމިނިސްޓަރ ފަލަސްތީންގެ ރައްޔެތުންނަށް ބިރުދައްކައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލީބަމަން

ޢިސްރާއިލްގެ ފޮރިންމިނިސްޓަރ އެވިގޭޑަރ ލީބަރމޭން ފަލަސްތީންގެ ރައްޔެތުންނަށް ބިރުދައްކައިފިއެވެ.

 އިޒްރޭލުގެ ފޮރިންމިނިސްޓަރ ލީބަމަން ފަލަސްތީނަށް ބިރުދައްކައިފައިވަނީ  ފަލަސްތީނުން މިނިވަން ދައުލަތެއް ގޮތުގައި އ.ދ. ގެ މެމްބަރުކަން ހޯދަން މަސައްކަތްކުރާނަމަ އޭގެ ނަތީޖާ ހަރުކަށިވެފައި އަނިޔާވެރިވާނެކަމަށް ބުނެއެވެ.

ފަލަސްޡީންއާއި ދެކޮޅަށް އަޅާނެ ވަކި ފިޔަވަޅައެއް ލީބަރމަން ފާހަގައެއްނުކުރެއެވެ. އޭނާ ބުނީ އެކަމުގެ ތަފްސީލުތައް ދިނުމުގެ ވަގުތު އަދި ނުޖެހޭކަމަށެވެ. އިޒްރޭލުގެ ފޮރިން މިނިސްޓަރ ބުނެފައިވަނީ " އ.ދ.ގައި ފަލަސްތީނުގެ މިނިވަން ދަޢުލަތެއް ކަމަށް ފާސްކުރާ ވަގުތުން ފެށިގެން އެކަމުގެހިތިކަން ފަލަސްތީނަށް ފެންނަން ފަށާނެކަމަށް ޔަގީންކުރާ ކަމުގައެވެ."

އެމެރިކާއިން ވެސް ދަނީ ފަލަސްތީނުން މިހުށަހެޅުން އ.ދ.އަށް ހުށަހެޅިޔަ ނުދިނުމަށް ކުރެވެން އޮތްހާކަމެއް ކުރާނެކަމަށް ބުނަމުންނެވެ.

 އިސްރާއިލް އާއި އެމެރިކާގެ ދަތިކުރުމާއި ބިރުދެއްކުންތަށް ކުރިމަތިކުރާއިރު ވެސް އ.ދ.ގެ ސަލާމަތީ މަޖްލިސްގައި ހިމެނޭ ވީޓޯ ބާރު ލިބިފައިވާ ޤައުމުތަކުންވެސް ފަލަސްތީނުގެ މި ހުށަހެޅުމަށްވަނީ ތާއީދުކޮށްފައެވެ.

އ.ދ. ގެ ސަލާމަތީ މަޖްލިސްއިން މިހުށަހެޅުމަށް ތާއީދު ނުލިބިގެން  ހުށަހެޅުން ބޭރުކޮށްލައިފިނަމަ ދެން ހުށަހެޅުން ގެންދާނީ އ.ދ. ގެ އާއްމު ބައްދަލުވުމަށްކަމުގައި ފަލަސްތީނުންދަނީ ބުނަމުންނެވެ. 20 ސެޕްޓެންބަރގައި އ.ދ އިން ބާއްވާ 66 ވަނަ ބައްދަލު ވުމުގައި ފަލަސްތީން މިނިވަން ދައުލަތަށް ހެދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަހަޖެހިފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.