ދިއިސްލާމް ފުރިހަމަ ދައުލަތަކަށް ފަލަސްޠީނުވާނެބާ؟ (1 ވަނަ ބައި)

ފުރިހަމަ ދައުލަތަކަށް ފަލަސްޠީނުވާނެބާ؟ (1 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބައިނަލްއަޤުވާމީ ބާރުތަކުގެ ތެރެއިން އެމެރިކާއާއި ޔޫރަޕިއަން ޔޫނިޔަންގެ އެދުމާޚިލާފަށް ފަލަސްޠީނަކީ މުޅިން މިނިވަން އދ (މިހެން ނަން ސިފަކޮށްފައިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ) ގެ މެންބަރެއްކަމުގައިވުމަށް ފަލަސްތީނު މިހާރުގެ ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ. އަރަބި ލީގުންވެސް މިކަމަށް ވަރަށްބޮޑަށް މަސައްކަތްކުރަމުން އެބަދެއެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕިއަށް ޔޫނިޔަން ބޭނުންވަނީ ޕީސް، ޕީސް ،ޕީސް ކިޔާލަކިޔާލައި އަރަބިންނާއި މުސްލިމުންތިބުމެވެ. އިޒްރޭލް ފިއްތިގޮތަކަށް ފިތިގެން ދިޔަފެލިގެން ދިޔުމަށް ފަލަސްތީނުގެ މުސްލިމުން ތިބެންވީއެވެ.

މިމަހުގެ 21 ގައި އެހުށަހެޅުން ޙަޤީޤަތަކަށް ހެދުމުގެ ހުރިހާމަސައްކަތްތެއްފުރިކުރަމުން ޢަރަބިންގެންދާއިރު ބައެއް ޢަރަބި ޤާނޫނީ މާހިރުން ފަލަސްޠީނު ދައުލަތަކަށްވުމަށް ބައިނަލްއަޤުވާމީ ޤާނޫނުގައި ފުރިހަމަވާންޖެހޭ ތިންޝަރުޠެއް ފުރިހަމަނުވާކަމަށް ހާމަކުރެއެވެ. މިވާހަކައަށް ބުރަދެނެއް ނުދެވޭ ސަބަބަކީ އިޒްރޭލް އުފެދި ޤަބޫލުކުރެވި މުޅިން މިނިވަން އަދި ފުރިހަމަ އދ ގެ މެންބަރަކަށް ވެގެންދިޔައީ އެބުނާ ބައިނަލްއަޤުވާމީ ޤާނޫނުގެ އެއްވެސް ޝަރުޠެއް ފުރިހަމަ ނުވެއޮއްވައެވެ. ފަލަސްތީނުގެ ޖާމިޢާއިސްލާމިއްޔާގައި ސިޔާސީ ޢިލްމުގެ ޕްރޮފެސަރަކު ހާމަކުރެއްވި ގޮތުގައި ކަމަކީ ރަނގަޅުކަމެކެވެ. ނަމަވެސް މިކަން ގެންދެވެނީ ކަންކުރަންވީ އެންމެ ރަނގަޅު އުޞޫލަކުންނޫނެވެ. ވިދާޅުވިއެވެ. އަހަރެންނަށްވެސް މިކަން އެނގުނީ ޚަބަރު ޗެނަލްތަކުން އެ ޚަބަރުފަތުރަން ފެށުމުންނެވެ. މިއިންހާމަކޮށްދެނީ މިކަމުގައި ފަލަސްޠީނުގެ ސިޔާސީ މާހިރުންގެވެސް  ވިސްނުން ޙިއްޞާކުރެވިފައެއް ނެއްކަމެވެ. އަނެއްކޮޅުން ފަލަސްޠީނުގެ ދިފާޢުގައި އެންމެބޮޑު ޤުރްބާނީދެމުންއަންނަ ޙަމާސްގެ ވިސްނުމުގައިވެސް މިދަނޑިވަޅުގައި މިކަމަކީ އެހާމަންފާހުރިކަމެއްކަމުގައި ނުދެއެއެވެ. އަދި ޙަމާސްގެ އިތުރުން ޕީއެލްއޯގެ މިއިސްނެގުމާ ހިތްހަމަނުޖެހޭ ޖަމާޢަތްތައްވެސް ފަލަސްޠީނުގައިވެއެވެ.

14 ޝައްވާލު 1432 - 12 ސެޕްޓެމްބަރ 2011 – ވީ ހޯމަދުވަހު ޤާހިރާގައި ހުންނަ ޢަރަބިލީޤުގެ މައިމަރުކަޒުގައި އަރަބި ޕީސް އަށް މަސައްކަތްކުރާ ޚާއްޞަކޮމެޓީގެ ބައްދަލުވުމެއްވަނީ ބޭއްވިފައެވެ. ބޭނުމަކީ ފަލަސްތީނަށް އދ ގެ ފުރިހަމަ މެންބަރުކަން ހޯދުމަށްޓަކައި ދުނިޔޭގެ ޤައުމުތަކުގެ ރުހުން ހޯދުމަށް އެޖަމްޢިއްޔާގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުމެވެ. ދައުލަތު ޤަޠުރުގެ ރިޔާސަތުގެ ދަށުން މިބޭއްވުނު ޖަލްސާގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާއި ޢަރަބިލީގުގެ ސެކެއްޓެރީ ޖެނެރަލްބައިވެރިވިއެވެ. އަދި ޔޫރަޕިޔަން ޔޫނިޔަންގެ ޚާރިޖީ ސިޔާސަތާއި ސެކިޔުރިޓީ ޕޮލިސީއާއި ބެހޭ ޒިންމާދާޜު ފަރާތްކަމުގައިވާ ކެތެރިން އެޝްޓޮން ވެސް ކުޑަހިނދުކޮޅަކަށްބައިވެރިވެފައިވެއެވެ.

މިޖަލްސާ މިބޭއްވެނީ އެކޮމެޓީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން، ފަލަސްޠީނުގެ މައްސަލަ ޢަރަބިޤައުމުތަކުން، އެންމެފުރަމަތަމަ މަރުޙަލާގައި އދ އަށް ވަކިން ޚާއްޞަކޮށް ސެކިއުރިޓީކައުންސިލަށް ހުށަހެޅުމުގެ މުހިންމުކަމަށާއި ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާނީ ދެވަނަ މަރުޙަލާގައިކަމަށް ތާކީދުކޮށް ބަޔާންކުރާތީ އަރަބި ދައުލަތްތައް މިކަމުގައި ޙަރަކާތްތެރިވާންވީ ގޮތާމެދު ވާހަކަދެއްކުމަށެވެ. އެއީ އެމެރިކާ ވީޓޯބޭނުން ހިފައިފި ނަމައެވެ. (ނުނިމޭ)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.