ދިއިސްލާމް އިޒްރޭލުގެ "ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޖެކްޓްސް ލިމިޓެޑް" ގެ ވަފްދެއް މިމަހުގައި ރާއްޖެ އައުމަށް ހަމަޖެހިފައިވޭ: ޢަދާލަތު

އިޒްރޭލުގެ "ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޖެކްޓްސް ލިމިޓެޑް" ގެ ވަފްދެއް މިމަހުގައި ރާއްޖެ އައުމަށް ހަމަޖެހިފައިވޭ: ޢަދާލަތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޖެކްޓްސް ލިމިޓެޑް ވެބްސައިޓުގެ ސްކީން ޝޮޓެއް

 

ދިވެހިރާއްޖޭގެ ރަށްރަށުގައި ދަނޑުވެރިކަން ކުރުމުގެ ބަހަނާގައި މި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އިޒްރޭލުގެ "ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޖެކްޓްސް ލިމިޓެޑް" ގެ ހަތަރު މީހުންގެ ވަފްދެއް ސެޕްޓެމްބަރ 18 ގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ޢަދާލަތު ޕާޓީއިން ބުނެފިއެވެ.

ޢަދާލަތުގެ ރަސްމީ ވެބްސައިޓްގައި އެޕާޓީގެ ނައިބު ރައީސް ޑރ.މައުރޫފް ޙުސައިން ލިޔުއްވާފައިވާ ލިޔުމެއްގައި ރޭ ހާމަކޮށްފައިވަނީ "ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޖެކްޓްސް ލިމިޓެޑް" ގެ މިވަފްދު ގެނައުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުއްވަނީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާފިޢާ ކަމަށް މުޢުތަބަރުކޮށް އެނގިފައިވާ ކަމަށެވެ.

ޒަޔަނިސްޓުންނާއި މިސަރުކާރާއި ގުޅުން ބަދަހިވެފައިވާ ވަރުން، މިވަފްދުގެ މީހުން އަންނަނީ މިފަދަ ގޮތަކަށް އަންނަ ބޭރުގެ މީހުން ނަގަންޖެހޭ "ވޯރކް ވިސާ" ވެސް ނުނަގާ ކަމަށާއި މި ވަފްދު ދާން ހަމަޖެހިފައިވާ ރަށްރަށުގެ ތެރޭގައި ހއ. ފިއްލަދޫ، ހއ. މާފަހި އަދި އައްޑޫ ސިޓީ ހިމެނޭކަމަށް އެނގިފައިވާ ކަމަށް އެ ލިޔުމުގައި ވެއެވެ.

މިކަމާއި ގުޅިގެން "ސަން" އޮންލައިނުން ފިޝަރީޒް މިނިސްޓަރ އަދި އެމް.ޑީ.ޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ އާއި ސުވާލުކުރުމުން ޑީޑީ ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

 މުޢުތަބަރު ގޮތެއްގައި ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ތެރެއިން އެކަން އެގޮތަށް ހިނގަމުންދާ ކަމަށެވެ.

ޓެގް

ދަނޑުވެރން ފިޝަރީޒް އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.