ދިއިސްލާމް އޭވީޖީ އެންޓިވައިރަސް 2012 ނުކުމެއްޖެ

އޭވީޖީ އެންޓިވައިރަސް 2012 ނުކުމެއްޖެ

އޭވީޖީ އެންޓިވައިރަސް 2012 ނުކުމެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަޝްހޫރު އެންޓިވައިރަސް އެވީޖީ 2012.0.1796 ނުކުމެއްޖެ އެވެ. އެވީޖީ އަކީ މިހާރު ހިލޭލިބެންހުރި އެންޓިވައިރަސް އެޕްލިކޭޝަން ތަކުގެ ތެރެއިން އެންމެ މަގުބޫލު އަދި އެންމެ އިތުބާރުކުރެވޭ ވިންޑޯރސް އެޕްލިކޭޝަންއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 80 މިލިޔަން މީހުން އެވީޖީ ބޭނުން ކުރެއެވެ. ވައިރަސް، ސްޕައިވެއަރ، އިން ކޮންޕު ރައްކާތެރިކޮއްދޭއިރު ލިންކް އަކަށް ފިތާލުމުގެ ކުރިން ލިންކް ސްކޭނާރއިން އެއީ ރައްކާތެރި ވެބްސައިޓެއްކަން އަންގައިދެއެވެ. ޑައުންލޯޑްކުރުމަށާއި އިންސްޓާލްކުރުމަށް ފަސޭހަ މި އެޕްލިކޭޝަން ވަނީ ތަފާތުއެކި ވަނަތަކެއް ހޯދާފައެވެ.

މިބޮޑު ބަދަލާއިއެކު އެވީޖީގެ މިއަދަދަށްވަނީ ވަރަށްގިނަ ސެކިއުރިޓީ ކުރިއެރުންތަށް ގެނެސްފައެވެ. ފޭކް އެންޓިވައިރަސް ޕްރޮގްރާމްތަކާއި ރެންސޮމްވެއަރ (މެއިލްވެއަރ) ދެނެގަންނާނެ ގާބިލްކަން ހިމަނާފައިވެއެވެ. ވެބްސައިޓަކުން ވައިރަސް ފޮހެލާނެކަމަށްބުނެ ސްކޭންކުރަން އަރާ ޕޭޖްތަކާއި ކޮންޕިއުޓަރަށް  އެންޓިވައިރަސްގެ ނަމުގައި އެޅިފައި ހުންނަ ވައިރަސް ދެނެގަނެއެވެ.

މިފަހަރުގެ  ވާރޝަންގައި ކޮންޕިއުޓަރުގެ މެމަރީ ބޭނުންކުރާ ވަރު 20%އަށް ދައްކޮށްފައިވެއެވެ. އެއިގެ އިތުރުން ސިސްޓަމް މޮނީޓަރިން ޓޫލްއިން ،ފަޔާފޮކްސް، އައިއީ، ކުރޯމްސް އިން ސިސްޓަމްގެ މެމަރީ މާގިނައިން ބޭނުން ކުރާނަމަ އެކަން އަންގާނެއެވެ.

އޭވީޖީ އިންޓަރނެޓް ސެކިއުރިޓީ 2012 ގެ 30 ދުވަހު ޓްރިއަލް ވާޝަންގެ އިތުރުން އެވީޖީ އެންޓިވައިރަސް ހިލޭ ޑައުލޯޑް ކުރެވިދާނެއެވެ. ހިލޭ ބޭނުން ކުރެވޭ ވާޝަންގައި އާންމުކޮން ގޭގައި ބޭނުންކުރާ  ކޮންޕުތަކަށް ބޭނުން ކުރެވިދާނެއެވެ.

އޭވީޖީ ފްރީ ޑައުންލޯޑް ކުރުމަށާއި އިތުރު މަޢުލޫމާތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.