މިއީ ސްމާރޓްފޯނު މާކެޓުގައި އެންމެ ހަލުވި ކަމާއިއެކު ވިކެމުންދާ ފޯނެވެ. ކޮންމެ ތިން ސިކުންތަކު ފޯނެކެވެ. 3 މަސްތެރޭ 6 މިލިޔަން ފޯނެވެ. ރަސްމިކޮން މިފޯނު ވިއްކަން އަދި ގިނަގައުމުތަކުގައި ނުފަށައެވެ. އޯގަސްޓް މަސްނިމުމުގެ ކުރިން އެމެރިކާގައި ވިއްކަންފަށާނެއެވެ. ދުނިޔޭގެ އެންމެ ހަލުވިކަމާއިއެކުވިކޭ ފޯނުގެ ލަގަބް، ވޯލްޑް ރެކޯޑް ފޮތުން ވަނީ މިފޯނު ހޯދާފައެވެ. 2011 ވަނަ އަހަރަށް އަމާޒު ހިފާފައިވަނީ 10 މިލިޔަން ފޯނުވިއްކާށެވެ.
މިފޯނަށް ލިބިފައިވާ ހާއްސަ ކަންކަމަށް ކުރުގޮތަކަށް ބަލާލާނަމެވެ.
މިއީ މިހާތަނަށް އުފެއްދި އެންމެ ތުނި ލުއި ފޯނެވެ. ބަރުދަނުގައި ހުންނަނީ 116 ގްރާމެވެ.
4.3 އިންޗި ކެޕޭސިޓިވް ސުޕަ އޭއެމްއޯއެލްއީޑީ ޑިސްޕްލޭހިމެނޭއިރު ރިޒޮލޫޝަނަކީ 480 ގުނަ 800 ޕިކްސެލް އެވެ. ޑިސްޕްލޭ ޕަފޯމަންސް އޮބިނޯވެއެވެ.
1 ޖީބީ ރެމްއާއި އެކު 1.2 ގިގަހާޓްސް ޑުއަލްކޯ އެކްސީނޮސް ޕްރޮސެސާއެކެވެ. އިންޓާނަލް ސްޓޯރޭޖްގައި 16/ 32 ޖީބީ ދީފައިވާއިރު މައިކްރޮއެސްޑީ ކާޑް ވެސް ލެއްވެ އެވެ.
ގޫގަލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑް 2.3 ޖިންޖަބްރެޑު އޯއެސް އެވެ.
އެންޑުރޮއިޑް މާކެޓުގައި މިފޯނަށް ޙާއްސަކޮން 000،200 އެޕްލިކޭޝަންހިމެނެއެވެ. މަލްޓި ޓާސްކިން އަށް ވަރަށް ކުޅަދާނަ އެވެ.
އެއިޓް މެގަޕިކްސެލް ކެމެރާއަކާއި ޓޫ މެގަޕިކްސެލް ގެ ކެމެރާއެއްހިމެނެއެވެ.
ދުނިޔޭގައިވާ ހުރިހާ ފޯމެޓެއްގެ ވީޑިއޯ ބެލޭއިރު ފްލޭޝް ސަޕޯރޓް ކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...