" ވިޓަމިން އޭ " ދިނުމުގެ ސަބަބުން ދުނިޔޭގެ މެދުފަންތީ އަދި އެންމެ ދައްފަންތީ ގައި ދިރިއުޅޭ ޤައުމުތަކުގެ ފަސް އަހަރުން ދަށުގެ ކުދިންގެ ނިސްބަތުން 600،000 ލައްކަ ކުދިންގެ ފުރާނަ ސަލާމަތް ކުރެވިފައި ވެއެވެ.
އަދި ތަރައްޤީ ވަމުން އަންނަ ޤައުތަކުގައި ވިޓަމިން އޭ ދިނުމުގެ ސަބަބުން %24 ކުދިންނަށް ޖެހޭ ތަފާތު އިންފެކްޝަން ތަކުން ފުރާނަ ދިޔުމަށް ދިމާވެފައިވާ ބަލިތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. ޕާކިސްތާން އަދި ޔޫކޭ ގެ ދޮކްޓަރުންތަކެއް ކުރި ދިރާސާތަކަކުން އިގުނު ގޮތުގައި އަމުރުން 6 މަހާއި އަދި 5 އަހަރާއި ދެމެދުގެ 200،000 ކުދިން" ވިޓަމިން އޭ " ބޭނުން ކުރުމުން އެކުދިންގެ ލޮލަށް ޖެހޭ ބަލިތަކުން ނާއި އަދި ލޯ އަދިރިވުމުން ސަލާމަތް ކުރެވިފައިވާކަމަށް ދައްކައެވެ. އެގޮތުން ހަށިގަނޑަށް ޖެހޭ ތަފާތު ޖަރާސީމްތަށް ވެސް ނައްތާލާފައި ވެއެވެ.
"ވޯލްޑު ހެލްތު އޮގަނައިޒޭޝަން" ގެ ތަފާސް ހިސާބު ދައްކާ ގޮތުގައި ކުޑަކުންދިން ލޮލުގެ ބަލިތަށް ، ހިމަބިހި އަދި ބޭރަށް ހިންގުން ފަދަ ބަލި ޖެހިފައި ވާނީ " ވިޓަމިން އޭ " ދީފައި ނުވާ ކުދިންނަށެވެ. އެގެތޭރެގައި އެފްރިކާ އަދި އުރުތު އަދި ދެކުނު އެސިޔާގެ ކުޑަކުދިނާއި އަދި މާބަނޑު މީހުން ހިމެނެއެވެ. " ވިޓަމިން އޭ "ގެ ސަޕްލިމަންޓު މިހާރު 60 ޤައުމަކަށް ބަހާފައިވަނެކަމަށް "ވޯލްޑު ހެލްތު އޮގަނައިޒޭޝަން" މަޢުލޫމާތު ދެއެވެ. ނަމަވެސް ބޮޑު އާބާދީ އޮންނަ ގިނަ ޤައުމުތަކުގެ %20 އަށް އަދި ވެސް ބެހިފައި ނުވެއެވެ،

















advertisment
ޚިޔާލު