ތުރުކީ ގައި 'އަރަބި' ކިޔަވައިދޭން ފަށާގޮތަށް ހަމަޖެހިފައިވާކަމަށް ތުރުކީގެ ނޫސްތަކުން ހަބަރުލިބެއެވެ. އިސްލާމް ދީނުގެ އުސޫލުތަށް ފަނޑުކޮށްލެވިފައިވާ ތުރުކީގައި އަނެއްކާ އިސްލާމް ދީނުގެ ނޫރު ވިދަން ފަށާފައިވާ ދުވަސްވަރެއްގައި މިމުހިންމު ނިންމުން ނިންމާފައިވަނީ ތުރުކީގެ ތަޢުލީމީ ވަޒީރުގެ އެދިވަޑައިގަތުމަކަށް ކެބިނެޓުން ނިންމި ނިންމުމެއްކަމުގައި ހަބަރުލިބެއެވެ.
'މުސްތަފާ އަތާތުރުކު'ގެ މަސައްކަތުން ތުރުކީގައި އިސްލާމީ ވަހުދަތު އަނދަވަޅަކަށް ވައްޓާލާއި މުސްލިމުންނަށް ފުރައްސާރަކޮށް ޢަރަބި ބަސް ފޮހެލުމާއި ޢަރަބި އިސްލާމީ މަދްރަސާތައް އުވާލުމާއި ބުރުގާ މަނާކުރުމާއި އިސްލާމީ ޤާނޫނު ތައް ބަދަލުކުރުމާއި މިސްކިތުން އަޑުހަރުކޮށް ބަންގިގޮވުން މަނާކުރުން ހިމެނެއެވެ. އެހެނަސް ތުރުކީގެ ޢަދާލަތު ޕާޓީ ވެރިކަމަށް އައިސް ލާދީނީ ގާނޫނުތައް އުވާލާ އިސްލާމީ ގައުމެއްގެ ބައްޓަމަށް ތުރުކީދަނީ ބަދަލުވަމުންނެވެ.
ތުރުކީގައި އަރަބި ބަހާއި އިސްލާމީ ތައުލީމު މަނާކޮށްފައި އޮތުމަށްފަހު އަނެއްކާ އަރަބި ބަހާއި އިސްލާމީ ތައުލީމު ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެން ސަތޭކަ އިންސައްތަކަމަށް ދައުވާކުރާ ދިވެހިރާއްޖޭގައި އިސްލާމް ދީން ކިޔަވައިދިނުމަކީ 'އޮޕްޝަން'އެއްގެ ގޮތުގައި ހަމަޖައްސަން މަސައްކަތް ކުރަމުންދާއިރު އަރަބި ބަސް ކިޔަވައި ނުދޭތާ އިޓަލީ، ފްރާން އަދި ޗައިނާ ފަދަ ގައުމުތަކުގެ ބަސްތައް ކިޔަވައިދޭން އުޅޭތަން މިދަނީ ފެންނަމުންނެވެ. ތުރުކީއިން ލާދީނީ ތައުލީމީ ނިޒާމުތަކަށް ނޫނެކޭ ބުނެ އިސްލާމީ އުސޫލަތަކަށް ތަބާވާއިރު އަޅުގަނޑުމެން ދިވެހިން މިދަނީ އަރަބި ބަސް ނޫން ބަސްތައް ކިޔެވުމާއި އިސްލާމްދީން ކިޔެވައިދިނުމާއި ދުރުވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...