ދިއިސްލާމް އުސްތާޛުލްޖީލް މުޙައްމަދު ޖަމީލްދީދީގެ ވަޞީޔަތް

އުސްތާޛުލްޖީލް މުޙައްމަދު ޖަމީލްދީދީގެ ވަޞީޔަތް

އުސްތާޛުލްޖީލް މުޙައްމަދު ޖަމީލްދީދީގެ ވަޞީޔަތް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަމީލް ދީދީ ހިނގާފައި އަންނަނީ.

 

މިވާހަކަ ކިޔުންތެރިންނާއި ޙިއްސާކޮށްލުމަށް މިދަނޑިވަޅަކި ވަރަށް މުނާޞަބު ވަގުތެކެވެ. ޙައްދުފަހަނައަޅަފައިވާ ޒަޔަނިސްޓް އިޒްރޭލުގެ އަސްކަރީ ބާރުތަކުން ފަލަސްޠީނުގެ ރަށްތަކަށްއަރައި އެތައް ޖަރީމާއެއްހިންގަމުންދާ ދުވަސްވަރެކެވެ. އަންހެނުނާއި ކުޑަކުދިން ރަޙްމެއްނެތް ގޮތުގައި މަރަމުންދާ ދަނޑިވަޅެއްގައެވެ. މުސްކުޅިންނާއި ޒުވާނުން ރަހީނު ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ ނިކަމެތި ރަޢްޔިތުންގެ ގެތަކެއްވަދެ، އަންހެނުންގެ ޢިއްފަތް ގަދަކަމުން ފޭރެމުންދާ ދަނދިވަޅެއްގައެވެ.

ދިވެހިރާއްޖޭގެ ޙާލަތު މީގެކުރިން ނުދާ މިންވަރަކަށް ދަށައްގޮސްފައިވާ ދުވަސްވަރެއްގައެވެ. ޝައިޚް މުޙައްމަދު ޖަމީލް ދެއްވި ނަޞޭޙަތް ހިއްސާކޮށްލާނަމެވެ. މިއީ މިދިޔަ މަހު ފަހުކޮޅުގައި އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ.

 

އަޅުގަނޑާއެކު ޓީޖެޓީ ކޮޅުގައި އޮންނަ ތިން ރުއް ޕާކް ސަރަހައްދުގައި އިށީންދެގެންތިބީ ދިއިސްލާމްގެ އަޚުންތަކަކާއި އެކުގައެވެ. އެއީ ހަވީރުގެ ވަގުތެކެވެ. އަޅުގަނޑުމެން އެސަރަހައްދުގައިހުރި ރުކެއްގެ ދަށުގައި ހުރި ޕާކެއްގެ  އިށީންދެގެން ތިބީމެވެ. ޝައީޚް މުޙައްމަދު ޖަމީލް އަޅުގަނޑުމެންނާއި ގާތަށް އަންނަތަން އަޅުގަނޑަށް ފެނުނެވެ. އަޅުގަނޑު ކައިރީގައި ތިބި ތިން އެކުވެރިން ގާތު ޝައިޚް މުޙައްމަދު ޖަމީލް އަންނަ ވާހަކަ ބުނީމެވެ. ޝައިޚް އަޅުގަނޑުމެން ގާތަށް ހުއްޓުނެވެ.

އަޅުގަނޑު ޝައިޚާ ވާހަކަ ދައްކަންފެށިމެވެ. އަޅުގަނޑު ޝައިޚްއާއި ސުވާލެއް ކުރީމެވެ. މިއަދު މިދިވެހި ރާއްޖޭގެ އިޖުތިމާޢީގޮތުން އޮތް ޙާލަތާއިމެދު ޝައިޚް ވިދާޅުވާނީ ކީކޭތޯއެވެ. މިދިވެހިރާއްޖެ މިގޮތަށް ކުރިއަށް ދާކަމުގައިވާނަމަ ފާޅުކަން ބޮޑު ގޮތެއްގައި އެހެން ދީންތަކަށް އަޅުކަންކުރަން ފަށައިފާނެކަމަށް ޝައިޚް އިންޒާރުކުރެއްވިއެވެ.

ދިވެހިރާއްޖެއިން ޙައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަޙޫދީންނާއި ގުޅުން ޤާއިމްކުރުމާއި ބެހޭގޮތުން ޝައިޚް އަމިއްލަ ފުޅަށް ވާހަކަ ދެއްކެވިއެވެ. ވިދަޅުވިއެވެ. "ދަރިންނޭ ހަދާންކުރާށެވެ. އެއްވެސް އުންމަތަކުން އެޔަހޫދީ އިސްރާއީލް ދައުލަތާއި ގުޅުން ޤާއިމު ކުރުމަކީ އެއުންމަތެއް އެޤައުމެއްގެ ހަލާކުވުން. އެކަމާ ދެކޮޅަށް މަސައްކަތްކުރުމަކީ އުންމަތުގެ ޙައްޤުގައި މިއަދު ކޮންމެ މުސްލިމް ފަރުދަކަށް ވާޖިބެއް" ޝައިޚް ވިދާޅުވިއެވެ.

މިއީ ޝައިޚްގެ ވަޞީޔަތެވެ. ހުވަފެނުގައި ޝައިޚް ދެއްވި އަގުހުރި ނަސޭހަތެވެ.  މިވާހަކަ ތަކަކީ އެއްވެސް ޙާލެއްގައި އަޅުގަނޑު ހަދައިގެން ދެއްކި ވާހަކައެއް ނޫނެވެ. މިހުވަފެނުގައި ކޮންމެވެސް ޙިކުމަތެއް ވާނެކަމާއި މެދު ޝައްކެއްނެތެވެ. ކަންކަން އެންމެ ފުރިހަމައަށް ތަދުބީރު ކުރައްވާނީ މާތް ﷲ ސުބުހާނާޙޫ ވަތަޢާލާއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.