ކޮންޕުން ކީރިތި ޤުރުއާން ކިޔަވަން ބަޔެއްމީހުންނަށް ބައެފަހަރު އުންދަގޫވެއެވެ. ސަބަބެއްކަމަށް ވަނީ ގިނަސައިޓް ތަކުގައި ހުންނަ ފޮންޓު ، އަތުރާލެވިފައިހުންނަ ގޮތް ނުވަތަ ކޮންމެވެސް އެހެން ސަބަބަކާ ހުރެއެވެ. އެހެނަސް މިއަދު މިކަންކަމާ ހާސްވާކަށް ނުޖެހެއެވެ. ފްލެސް ޤުރުއާން އިން ކިޔަވަމުން ދާއިރު އުނިވާނީ ހަމައެކަނި މުސްހަފް އަތުގައި ނޯންނަކަމެވެ. އަޅުގަނޑުމެންގެ މުސްލިމް އަހުން އަންނަނީ އިންޓަރނެޓް އަދި ޓެކްނޮލޮޖީގެ ދާއިރާއިންވެސް އިސްލާމް ދީނަށް ވަރަށް ބޮޑެތި ޙިދުމަތް ތަކެއް ކުރައްވަމުން ނެވެ. އެގޮތުން ދީނީސައިޓްތަކާއި ކީރިތި ރަސޫލާގެ ޙަދީސް ފޮތްތަށްފަ ގިނަގުނަ މަޢުލޫމާތު އިންޓަރނެޓްގެ ޒަރިއްޔާއިން އަންނަނީ ލިބެމުން ނެވެ.
މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ހިއްސާކޮއްލާނީ ކީރިތި ޤުރުއާނުގެ މުސްހަފް ތަކުގައި ލިޔެފައިވާ ގޮތަށް ނުވަތަ އެމުސްހަފް ތަކާއި އެއްގޮތަށް ފަރުމާކުރެވިފައިވާ ސައިޓެކެވެ. އިންޓަރނެޓް ނެތްނަމަ ޑައުންލޯޑް ކޮއްގެން ކޮންޕުގައި ބޭނުން ކުރެވިދާނެއެވެ. މިހާރު އިސްލާމްދީނުގެ ދައުވަތު އެންމެ ފުޅާދާއިރާއެއްގައި ފެތުރިދާނެ ފޭސްބުކް އިން ވެސް ބޭނުން ކުރެވިދާނެއެވެ. މިއީ ފްލެސް އިން ފަރުމާ ކޮއްފައިވާ ޕްރޮގްރާމް އެކެވެ. ގަނޑު އުކާލުމުން އަޑުއިވި ވަރަށް ހިތް ގައިމުކޮން ވަރަށް މޮޅަށް ކޮއްފައިވާ މަސައްކަތެކެވެ. މި މަސައްކަތް ކުރެއްވި އަހުންނަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ.
ފުރަތަމަ ފޭސްބުކް މެދުވެރިކޮން ފްލެސް ޤުރުއާން އަށް ވާސިލްވާނެ ގޮތް ބަލާލަމާ ހިނގާށެވެ. Quran Karim މިހެން ޖަހާލާފަ ހޯދާލާށެވެ. އެއިރަށް އެޕްލިކޭޝަން އެއް ފެންނާނެއެވެ. ނޫނީ ތިރީގައިވާ ލިންކްއަށް ފިތާލާށެވެ. ދެން ޕޭޖްއަށް ލައިކް ކޮއްލުމަށް ފަހު ގޯޓު އެޕްލިކޭޝަން އަށް ފިތާލުމުން ފޭސްބުކް ޕްރޮފައިގެ ބައެއް މަޢުލޫމާތު ބޭނުން ކުރުމުގެ ހުއްދައަށް އެދޭނެއެވެ. އެލައު ކުރުމުން ފެންނާނީ ރައްޓެހިންނާއި ހިއްސާކޮއްލަންބޭނުންވާނަމަ ހިއްސާކޮއްލުމަށެވެ. ދެން މަތީޓެބުން Read the holy Quran
މިފިތަށް ފިތާލުމުން ކީރިތި ޤުރުއާން ހުޅުވޭނެއެވެ.
ދެވަނައަށް ވެބްސައިޓް މެދުވެރިކޮން ކިޔާލަން ބޭނުން ވާނަމަ http://quranflash.com އަށް ޒިޔާރަތް ކުރައްވާށެވެ. ފުރަތަމަ ޒިޔާރަތް ކުރުމުން ސަފްޙާ ފެނިވަޑައިގަންނަވާނީ އަރަބި ބަހުން ނެވެ. ސައިޓުގެ މެދުން ރަތްކުލައިން English މިހެން ޖަހާފައިވަނިކޮން ފެންނާނެއެވެ. މިތަނަށް ފިތާލުމުން ހުރިހާތަނެއް އިގިރޭސި ބަހަށް ބަދަލުވެގެން ދާނެއެވެ. ދެން Enter މިހެން ޖަހާފައިވަނިކޮން ފެންނާނެއެވެ. އެންޓަރ އަށް ފިތާލުމުން އިތުރު ޖާލިއެއް ހުޅުވި ލޯޑްވާން ފަށާނެއެވެ. ޖާލީކުޑަކޮން އިންނަމަ މޮނީޓަރަށް ހެޔޮވަރުވާވަރަށް ބޮޑުކޮއްލާށެވެ.
އިންޓަރނެޓް ޙިދުމަތް ބޭނުން ކުރުމުގެ ނަސީބް ލިބިފައިނުވާ ބޭފުޅުން ކޮންމެވެސް ގޮތަކުން ޑައުންލޯޑް ކޮއްލައިގެން އެހެން ސިސްޓަމް އަކުންވެސް ބޭނުން ކުރެވިދާނެއެވެ. މެކް އަދި ވިންޑޯރސް އަށްވެސް ބޭނުންކުރެވޭނެއެވެ. ޑައުންލޯޑްވާނީ ފްލެސް ކޮންނެވެ. ކޮންޕަށް އިންސްޓާލް ކުރާކަށް ނުޖެހެއެވެ. މުހިންމު ކަމަކީ ޑޭޓާ ފައިލްތަށް ސަލާމަތުން ބެހެއްޓުމެ ޑޭޓާފައިލްތަކުގައި ފްލެސް ޕްލޭކުރުމަށް ބޭނުންވާ މަޢުލޫމާތުތަށް ހިމެނޭނެއެވެ. ޑައުންލޯޑް ލިންކް ތިރީގައި އެވަނީއެވެ. މިވެބްސައިޓްގައި މޮބައިލް ފޯނުތަކަށް ބޭނުން ކުރެވޭގޮތަށް ފަރުމާކޮއްފައިވާ އެޕްލިކޭޝަންވެސް ލިބެން ހުންނާނެއެވެ. ފޯނުން މި ސައިޓަށް ޒިޔާރަތް ކުރައްވާށެވެ.
ވެބްސައިޓުން، ފޭސްބުކުން އަދި ޑައުންލޯޑްކޮއްގެންވެސް ބޭނުން ކުރެވޭނީ ހަމަ އެކައްޗެކެވެ. ބޭނުމަކީ ގިނަވަސީލަތްތަކަކުން ބޭނުން ކުރެވުމެވެ. ގަނޑު އުކަންވެއްޖެ ނަމަ ކަނުގައި ހިފާ ދަމާލާށެވެ. ހަމަ މުސްޙަފް ތަކުގައިވެސް ބޭނުން ކުރާ ގޮތަށެވެ. ސޫރަތްތަށް ނެންގެވުމަށް more options އިޙްތިޔާރު ކުރައްވާށެވެ. 30 ފޮތް ވަކިން ނާއި ސޫރަތް އިޙްތިޔާރު ކުރެވޭނެއެވެ. ފޭސްބުކް އަދި ވެބްސައިޓްގައި ބޭނުންކުރާނަމަ ފްލެސް ޕްލޭޔާރ އިންސްޓާލް ކޮއްފައި ހުންނަންވާނެއެވެ. ބޭނުން ކުރުމަށް އެންމެ އެކަށޭނެ ބްރައޒަރ އަކީ ގޫގުލް ކުރޯމްސްއެވެ. ފުލްސްކޫރީންގައި ބޭނުން ކުރާއިރު ފަހަތް ކަޅުކުލައިގައި ހުރުމުން އިތުރު ފަސޭހައެއްވެއެވެ.
ލިންކްތަށް
ވަރަށް ގިނަ ޑައުންލޯޑްސް ޖަހާފައިވާ ތަންފެންނާނެއެވެ. އިޙްތިޔާރު ކުރާނީ އެންމެ ތިރީގައިވާ Download Quran flash އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...