ވަތަނިއްޔާ އިން "ގޫގަލް ޖީމެއިލް" މެދުވެރިކޮށް އެސްއެމްއެސްގެ ކުރުމުގެ ޙިދުމަތް ރަސްމީކޮން ތަޢާރަފްކޮއްފިއެވެ. މިޙިދުމަތް ވެފައިވަނީ މި ސަރަހައްދުގައި ގޫގަލް މެދުވެރިކޮށް އެސްއެމްއެސް ކުރުމުގެ ހިދުމަތް ދޭން ފެށި ފުރަތަމަ ކުންފުންޏަށެވެ.
ދުނިޔޭގެ މަޝްހޫރު ޖީމެއިލް ސައިޓް މެދުވެރިކޮށް ވަތަނިއްޔާގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޗެޓްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މި ހިދުމަތަށް ކުރާ ކޮންމެ އެސްއެމްއެސްއަކަށް ވެސް ޗާޖުކުރާނީ އާދައިގެ އެސްއެމްއެސްއަކަށް ޗާޖުކުރާ ރޭޓުން ކަމަށް އެ ކުންފުނިން ބުނެ އެވެ. ގޫގުލްއަކީ ސާޗިން އިންޖީންގެ ރަސްގެފާނު ކަމުގައިވާއިރު ކޮންމެ ދުވަހަކު އެތައް ބިލިއަން ބަޔަކު ގޫގުލްއަށް ޒިޔާރަތް ކުރެއެވެ.
ވަތަނިއްޔާ އިން ބުނީ އެ ކުންފުނިން ރާއްޖެ އަށް މުޅިން އަލަށް ތައާރަފުކުރި ޖީމެއިލް އެސްއެމްއެސްގެ ހިދުމަތް އެކްޓިވޭޓް ކުރުމާ ބެހޭ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓް http://wataniya.mv/1/gmailsms.php ލިބެން ހުންނާނެ ކަމަށެވެ.
މި ޙިދުމަތް އެކްޓިވޭޓް ކުރުމުން 50 އެސްއެމްއެސް ހިލޭ ފޮނުވޭނެއެވެ. ހިލޭ ކޮންމެ ދުވަހަކަށް ލިބޭނީ 1 އެސްއެމެއެސް އެވެ. މީގަ ސަޅިކަމަކީ އެސްއެމްއެސް އަށް ޖަވާބުދީ ރިޕްލައިކޮއްފި ނަމަ އިތުރަށް 5 އެސްއެމްއެސް ލިބެއެވެ. މިގޮތަށް އިތުރުވާނީ 50 މެސެޖާހަމައަށެވެ. ފޯނުން ރިޕްލައި ކޮއްފިނަމަ ވަތަނިއްޔާއިން އެސްއެމްއެސްއަކަށް އަގުނަގާވަރު ފޯނުން އުނިވާނެއެވެ. މި ޙިދުމަތަށް ގޫގުލްއިން އެއްވެސް އަގެއް ނުނަގާނެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގަށް މި ޙިދުމަތް ނުލިބެއެވެ.

















ޚިޔާލު