އަޅުގަނޑުމެންނަކީ އަބަދާއި އަބަދު ސޯސިއަލް ނެޓްވޯރކިންގް ސައިޓްތަކުގައި ދެމިތިބޭ ބަޔަކީމުއެވެ. ވަގުތުތަށް ބޭކާރުކުރަމުންދަނީ ފައިދާ އެއްނެތް ގޭމްތަށް ކުޅުމުގައެވެ. ނުވަތަ ކޮންމެވެސް ބޭކާރު ވާހަކައެށް ދެއްކުމާއި ކޮންމެވެސް ދުނިޔަވީ އެހެން ކަންކަމުގައެވެ. ސޯސިއަލް ނެޓްވޯކްގައިވެސް އެއިގެ ބޭނުން ފައިދާކުރަނިވި ގޮތުގައި ކުރެވިދާނެއެވެ.
އަޅުގަނޑުމެންގެ މުސްލިމް އަހުން (ޑިވޮލެޕަރުން) އަންނަނީ މުސްލިމްއުންމަތަށް ފޭސްބުކް މެދުވެރިކޮން ކީރިތި ޤުރުއާން އަޑުއަހާ ކިޔާލެވޭ މަގު ތަނަވަސް ކޮއްދެމުންނެވެ. 23 ބަހަކުން ތަރުޖަމާ އެކުލެވޭއިރު ރީތި އެކި ރާގުތަކުން ޤުރުއާން ކިޔަވާ 15 ޤާރީންގެ ކިޔެވުން ހިމަނާފައިވެއެވެ.
އެއީ ފޭސްބުކްގެ (app) އެޕްލިކޭޝަންއެކެވެ. މިއެޕްލިކޭޝަން ތިޔަބޭފުޅުންގެ ފޭސްބުކްއަށް އެޅުއްވިދާނެއެވެ. މި ބޭނުންތެރި އެޕްލިކޭޝަން އަކީ Verses Quran އެވެ. މިއެޕްލިކޭޝަން ގެ ސަފްޙާއިން ބުނާގޮތުންނަމަ މަހަކު 397,319 މީހުން ޤަވާއިދުން މި އެޕްލިކޭޝަން ބޭނުން ކުރެއެވެ. ތިޔަބޭފުޅުން މި އަގުހުރި އެޕްލިކޭޝަން ބޭނުންފުޅުނަމަ Quran Verses ޖަހާފައި ފޭސްބުކްގައި ހޯދާލާށެވެ. ދެން އެޕޭޖަށް ލައިކް ކޮއްލުމަށްފަހު go to app އަށް ފިތާލާށެވެ. އެއިރަށް ޤުރުއާނުގެ އާޔަތްތަށް ފެނިވަޑައިގަންނަވާނެއެވެ.
ހޯދާ ފިތް ކައިރިން ސެޓިންގް އަށް ފިތާލާށެވެ. އެއިރަށް Request for Permission
އޭކިޔާފަ އިތުރު ޖާލީއެއް ހުޅުވޭނެއެވެ. Allow ފިތާލުމުން ތިޔަބޭފުޅުންގެ ފޭސްބުކް އަށް Quran Verses އެޅުނީއެވެ. ދެން ބޭނުން ވާގޮތަކަށް ސެޓިންތަށް ބަދަލުގެންނަވާށެވެ. ދެން ސޭވްކޮއްލުމަށްފަހު ނޯޓިފިކޭޝަން އާއި ތިރިން Qur'an Browser އަށް ފިތާލުމުން އެޕްލިކޭޝަންއަށް ދެވޭނެއެވެ. މިޖާލީއިން ކިޔަވަން ބޭނުންވާ ސޫރަތާއި އާޔަތު ނަންބަރ އަދި ތަރުޖަމާގެ ބަސް ހިޔާރު ކުރެއްވުމަށްފަހު Go އަށް ފިތާލާފަ ޕްލޭފިތަށް ފިތާލުމުން ކިޔަވަން ފަށާނެއެވެ. ޕްލޭފިތާ ދިމާލުން ޤާރީން އިޙްތިޔާރުކުރެވޭނެއެވެ. Root Search އިން އަކުރުތަކުގެ ތަރުތީބުން ސޫރަތް ހޯދޭނެއެވެ. Display Options އިން ފޮންޓް ބަދަލު ކުރެވޭނެއެވެ.
ތިޔަ އިންސްޓޯލްކުރި އެޕްލިކޭޝަން ހޯމްބަޓަންއިން ގޭމްތަކާއި އެހެނިހެން އެޕްލިކޭޝަންތަށް ހުރި ގޮޅިން ފެންނާނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮން ފަލަސްތީނުގައި ހިންގަމުންދާ ލޭ އޮހޮރުމާއި ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް އޮންލައިންކޮށް އެހީވެދޭނެ ލިންކްއެއްވެސް ވަނީ ހިމަނާފައެވެ.
Quran Verses އެޕްލިކޭޝަންގެ ލިންކް
ފޭސްބުކް އިން ލޮގްއިން ނުވެ ޤުރުއާން އަޑުއަހަން ބޭނުން ނަމަ ތިރީގައިވާ ލިންކް ހިޔާރު ކުރާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...