ސުފުރާ ބެޓިކް ކޭކް

ބެޓިކް ކޭކް

ބެޓިކް ކޭކް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި
1 ޕެކެޓް މާރީ ބިސްކޯދު

2 ޖޯޑު މައިލޯ
1 ދަޅުގެރިކިރު
2 ސައިސަމުސާ ވެނީލާ އެސެންސް

4 ބިސް

150ގ ބަޓަރ

ތައްޔާރުކުރާނެ ގޮތް

މައިލޯ ، ގެރިކިރު އަދި ބިސް ތައްޓަކަށް އަޅާލުމަށް ފަހު ރަގަޅަށް ގިރާލާށެވެ. ގިރުއްވި ބިސްތައްކުގެ ތެރެއަށް ބަޓަރު ކޮޅު އެޅުމަށްފަހު ފުލުގައި ހިފިޔަނުދީ މަޑުގިނީގައި ކައްކާށެވެ. ހިކިކޮށް ހުންނަވަރަށް ( ކަސްޓަޑު ގޮތަށް ) ކެކުމުން އުދުން ނިއްވާލާށެވެ. އެއަށްފަހު ޓްރޭގެ ތެރެއަށް ( 2/1 އިންޗި ) ވަރުގެ ފަށަލައަކަށްވާ ގޮތަށް ޓްރޭގެ ތެރެއަށް މައިލޯ އޮއްސާލާށެވެ. ދެން އޭގެ މަތީގައި މާރީ ބިސްކޯދުތައް އަތުރާށެވެ. އެއަށްފަހު ބިސްކޯދު ތަކުގެ މައްޗަށް މައިލޯ އެތި އޮއްސާލާށެވެ. އެއަށްފަހު އޭގެ މަތީގައި ބިސްކޯދު ތައް އަތުރާށެވެ. މިގޮތަށް ބިސްކޯދުތައް (އެއްފަށަލަ މައްޗަށް އަނެއްފަށަލަ ) ހުސްވަންދެން ތަކުރާކޮށް އަޅަމުން ގެންދާށެވެ. އެއަށްފަހު ޓްރޭގެ މަތިބަންދު ކުރުމައްފަހު ފްރިޖްގައި ( މި ކޭކް ބޮޑައް މީރުވާނީ ރޭގަނޑު ހައްދަވާފައި ފްރިޖްގައި ބެހެއްޓެވުމުން ) ބަހައްޓާށެވެ.


ޓެގް

ބަދިގެ ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.