ސައިންސާއި ޓެކް ގޫގުލް ޕްލަސް (ޖީ+) އަކީ ކޮބާ؟

ގޫގުލް ޕްލަސް (ޖީ+) އަކީ ކޮބާ؟

ގޫގުލް ޕްލަސް (ޖީ+) އަކީ ކޮބާ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގޫގުލް އާއިލާއަށް އިތުރު ބައިވެއިވެރިއަކުވަނީ ޖޫން 28 ވަނަ ދުވަހު އުފަންވެފައެވެ. އެއީ  ގޫގުލް + ނަމަކަށްކިޔާ ސޯޝަލް ނެޓްވޯރކިންގް ސައިޓެކެވެ. ބީޓަރ ވާޝަން އަށް ރަޖިސްޓަރކުރެވެނީ ދައުވަތު ލިބިގެންނެވެ. އެއީ 18 އަހަރުން މަތީގެ މީހަކަށް ވާންޖެހެއެވެ.  މަހަކަށްވުރެ ހަގު މިސައިޓަށް މިހާރުވެސް 20 މިލިޔަން މީހުން ރަޖިސްޓަރކޮއްފައި ވާއިރު ދުވާލަކު ބިލިޔަން ތަކެތި ހިއްސާކުރާކަމަށް ސީއީއޯ ލެރީ ޕޭޖް ބުނެފައިވެއެވެ.

ގޫގުލް + ނުވަތަ ޖީ+ ފަރުމާކޮއްފައިވަނީ އެތަށް ސޯޝައަލް ވަސީލަތްތަށް ބޭނުން ކޮއްގެންނެވެ. ގޫގުލް ބަޒް އާއި ގޫގުލް ޕްރޮފައިލްގެ އިތުރުން ސްޓްރީމް ބޭނުން ކުރެވެނީ ޙަބަރު ފީތާއަށެވެ. ސްޕާރކް އަކީ މީހުން ގަޔާވާ ނުވަތަ ލަފާދޭ އެއްޗެއްސެވެ. ހޭންގްއައުޓް ބޭނުންކޮށްގެން އެއްފަހަރާ 10 މީހުންނާއި  ވީޑިއޯ ކޯލްއާއި ޗެޓްކުރެވޭނެއެވެ.  ސާރކަލް އަކީ ރަޙްމަތްތެރިން ބަލަހައްޓާބައެވެ. މިބައިގައި ރަޙްމަތްތެރިން ވަރަށް ފަސޭހައިން އެކި ބައިބަޔަށް ބަހާލެވެން ހުރެއެވެ. އަދި ޕްރޮފައިލްގެ އިތުރުން ފޮޓޯ ފޮށިވާއިރު އޮންލައިން ގޭމްތަކާއި ސުވާލު ފީތާ އަވަސް މުސްތަގްބަލެއްގައި އިތުރުވާނެކަމަށް ބެލެވެއެވެ. ފޭސްބުކް ލައިގް ގޮތަށް "+1" ވެއެވެ.

މިހާތަނަށް ގޫގުލް+ އިން އެންމެ ގިނަމީހުން ފަހާދުވަނީ ފޭސްބުކްގެ ބާނީ މާރކް ޒަކަބާރގް އަށެވެ. އެއީ 340،497 މީހުންނެވެ އެއީ ރާއްޖޭގެ މުޅި އާބާދީއަށް ވުރެ 150000 މީހުން އިތުރު ޢަދަދެކެވެ.

ވިންޑޯރސް ފޯންތަކާއި އެންޑްރޮއިޑް އަދި އައިފޯންތަކަށް މިހާރު ގޫގުލް+ގެ ސޯފްޓްވެއަރ ލިބެން ހުރެއެވެ. ފްރީކޮން ޑައުންލޯޑް ކުރެވޭ ހުރި މި އެޕްލިކޭޝަން ވަނީ އެޕަލް ސްޓޯރގެ މެކުހަށް އަރާފައެވެ.

ޖީމެއިލް، ޕިކާސާ، ގޫގުލް ކަލަންޑަރ، ގޫގުލް ޑޮކިއުމެނޑްސް، އަދިވެސް އިތުރު އެޕްލިކޭޝަން ވަނީ ގޫގުލް + އާއި ގުޅި ލާމެހިފަވެއެވެ. 750 މިލިޔަން މީހުން ބޭނުންކުރަމުންދާ ފޭސްބުކް އާއި ގޫގުލް+ ވާދަކުރާނެކަމަށާއި ގޫގުލް+ ގެ ކުރިމަގު ވަރަށް އުޖާލާވާނޭކަމަށް ތަޖްރިބާކާރުން ބުނެއެވެ.

ޓެގް

ޓެކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.