ސުފުރާ ކޭކް ޕޮޕްސް

ކޭކް ޕޮޕްސް

ކޭކް ޕޮޕްސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާތަކެތި

1 ކޭކު ފުށްޕެކެޓް

1 ޕެކެޓް މިލްކް ޗޮކްލެޓް ( ހުދު ޗޮކްލެޓް )

2 ސައިސަމުސާ ވެނީލާ އެސެންސް

1 ޕެކެޓް ޑާރކް ޗޮކްލެޓް

3 ބިސް

1 ޖޯޑު ތެޔޮ

1 ޕެކެޓް ކޭންޑީ ސްޓިކް ( ޓޫތް ޕިކް )

ކާ ކުލަ

ހައްދަވާނެގޮތް

ކޭކު ފުށްޕެކެޓް، ބިސް، ތެޔޮ އަދި ފެންފޮދު އެތެރެފުން އެއްޗެއްގެ ތެރެއަށް އަޅާފައި އޮމާންވަންދެން ގިރާށެވެ. ޓްރޭގައި ފޮއިލް އަތުރާލުމަށްފަހު ޓްރޭތެރޭގައި ރަގަޅަށް ތެޔޮ ހޭކުމަށްފަހު ފުށްގަނޑު ޓްރޭ ތެރެއަށްއަޅައި އަވަނުން ފިހެލާށެވެ. އެއަށްފަހު 2 ވައްތަރު ޗޮކްލެޓް ވަކިން ދިޔާ ކޮށްލާށެވެ. ކޭކު ހިހޫވުމުން ދިޔާކުރި ޑާރކް ޗޮކްލެޓް އަޅާ ރަގަޅަށް މޮޑެލާށެވެ. އަދި އެއަށްފަހު މޮޑުނު ފުށްގަނޑުން ކުދި ކޮށް ގުޅަ ހަދާށެވެ. ކޮންމެ ގުޅައެއްގެ މެދަށް ކޭންޑީ ސްޓިކް ( ޓޫތް ޕިކް ) އެއް ހަރާލާށެވެ. ދިޔާކުރި މިލްކް ޗޮކްލެޓް ( ހުދު ޗޮކްލެޓް ) ތެރެއަށް ކޭކް ޕޮޕްސްތައް ލުމަށްފަހު ނަގާ އެއްޗަކަށްލާށެވެ. ހުރިހާ ކޭކު ގުޅަތައް ނިމުނުން ބާކީހުރި ހުދު ޗޮކްލެޓް ތެރެއަށް ކުލަ އަޅާ އެއްކޮށްލާށެވެ. ޗޮކްލެޓް ތައް އައިސިން ބޭގް އަކަށް އެޅުމައްފަހު ޑެކަރޭޓް ކުރާށެވެ. ބޭނުން ނަމަ އެކި ކުލަ ބޭނުން ކުރެވިދާނެއެވެ

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.