ސައިންސާއި ޓެކް އޯޕެން އޮފީސް

އޯޕެން އޮފީސް

އޯޕެން އޮފީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޯޕެން އޮފީސް އަކީ މައިކްރޯސޮފްޓް އޮފީސް ޕެކޭޖްފަދަ ސޮފްޓްވެއަތަކެކެވެ.  މައިކްރޯސޮފްޓް އޮފީސް 2007ގެ އަގު އުޅެނީ  130$ މަތީގައެވެ.  2010 އުޅެނީ $279.99   މަތީގައެވެ. އެހެންނަމަވެސް އޯޕެން އޮފީސް ވަނީ އެންމެނަށް ހިލޭ ހުޅުވާލެވިފައެވެ. އޯޕަންސޯސް ސޮފްޓްވެއަރ އެކެވެ. ބޭނުން މީހަކަށް ޑައުންލޯޑް ކުރެވިދާނެއެވެ.

މައިގަނޑު ގޮތެއްގައި މައިކްރޯސޮފްޓް އޮފީސްޕެކޭޖް އިން ކުރެވޭ ހުރިހާކަމެއްހެން އޯޕެން އޮފީސް އިންވެސް ކުރެވޭނެއެވެ. ވޯރޑް ޕްރޮސެސިންގް، ސްޕްރެޑްސީޓް، ޕްރެސެންޓޭޝަން، ގްރެފިކްސް އަދި ޑާޓާބޭހަށް ބޭނުން ކުރެވޭނެ ޕްރޮގްރާމްތަށް އޯޕެން އޮފީސް ޕެކޭޖްގައިވާއިރު އާންމުކޮން ބޭނުން މިކުރާ އޮޕަރޭޓިންގް ސިސްޓަމްތަކަށް ސަޕޯރޓް ކުރާނެއެވެ. އެގޮތުން ލިނަކްސް، ވިންޑޯރސް، މެކް އޯއެސް ހިމެނެއެވެ.

އޯޕެން ޑޮކިއުމެންޓްއިން ހަދާފައިވާ ފައިލް ހުންނާނީ  (DOC)ފޯމެޓަށެވެ. އެހެންކަމުން މައިކްރޯސޮފްޓް އޮފީސް ފަދަ އެހެން އޮފީސް ޕެކޭޖް ތަކުންވެސް މިފައިލްތަށް ހުޅުވޭނެއެވެ. 120 ބަހަކަށް އޯޕެން އޮފީސް ބޭނުން ކުރެވޭނެއެވެ.

އޯޕެން އޮފީސް ފުރަތަމަ އުފައްދާފައިވަނީ ޖާރމަނީގެ ކޮންޕެނީއެއްކަމަށްވާ ސްޓާރ ޑިވިޝަން ކިޔާ ކުންފުންޔަކުން 1999 ވަނަ އަހަރުއެވެ. ސްޓާރ އޮފީސްގެ ނަމުގައި ފުރަތަމަ ގަނެފައިވަނީ ސަން މައިކްރޯސިސްޓަމް އިންނެވެ. 2000 ވަނަ އަހަރު ޖޫންމަހު ވަނީ ވާޝަން 5.2 ނެރެފައެވެ. އެކިފަހަރުމަތިން ވަނީ ތަރައްޤީކޮށް  އާބާތުރަ ފިލުވާފައެވެ. މިކަމަށް އެންމެ ފުޅާދާއިރާއެއްގައި އެހީތެރިކަން ފޯރުކޮއްދީފައިވަނީ އޮރިކަލް އިންނެވެ.  މި ޕްރޮގްރާމް މިހާރު 100 މިލިޔަން މީހުން ބޭނުންކުރާކަމަށްވެއެވެ.

އޮފީސް ޕެކޭޖް ތަކުގެ ރަސްގެފާނަކީ މައިކްރޯސޯފްޓްގެ އޮފީސް ޕެކޭޖްތަކެވެ. އެހެންނަމަވެސް އެއާލާތްތަކުގެ އަގުތަށް އުޅެނީ އަތްފޯރާފަށަކު ނޫނެވެ. އެހެންކަމުން ހިލޭލިބޭ، އޯޕެންސޯސް ސޯފްޓްވެއަރ ތަކަށް އަހުލުވެރިވާން އެބަޖެހެއެވެ.

އޯޕެން އޮފީސް ޑައުންލޯޑް ކުރައްވާ!

ޓެގް

ޓެކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.