ދުނިޔެ ދެކުނު ސޫދާންގެ ރައީސްގެ ފިރިހެން ދަރިފުޅު އިސްލާމް ވެއްޖެ.

ދެކުނު ސޫދާންގެ ރައީސްގެ ފިރިހެން ދަރިފުޅު އިސްލާމް ވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

ދެކުނު ސޫދާންގެ ރައީސްގެ  ފިރިހެން ދަރިފުޅަކު އިސްލާމްވެއްޖެއެވެ.

ހަބަރު ފަތުރާ ވަސީލަތްތައް ހާމަކުރާގޮތުގައި ދެކުނު ސޫދާންގެ ރައީސްގެ  ދަރިފުޅު ޖޯން އިސްލާމްވެފައިވަނީ ޚާތައުމް މިސްކިތުގައެވެ. ޖޯން އިސްލާމް ވުމަށް ފަހު އޭނަގެ ނަން ވަނީ މުޙައްމަދު އަށް ބަދަލުކޮށްފައެވެ.

" އަހަރެން އިސްލާމް ދީން ޤަބޫލް މި ކުރީ، އަހަރެން ސުވަރުގެއަށް ދާން ބޭނުން ވާތީ. އަހަރެން ދެކުނު ސޫދާނަށް ގޮސް އެ ތަނުގެ މީހުންނަށް ދީނަށް ދަޢުވަތު ދޭނަން " މުޙައްމަދު ހަބަރު ފަތުރާ ވަސީލަތްތަކަށް ހާމަކޮށްފައިވެއެވެ.

9ޖުލައި2011ގައި  ދެކުނު ސޫދާން ވަނީ މިނިވަންވެފައެވެ.  ދެކުނު ސޫދާން ވަކި ގައުމެއްގެ ގޮތުގައި އޮތުމަށް ރުހޭތޯ ބެލުމުގެ ގޮތުން މީގެ 6 މަސް ދުވަސް ކުރިން ބޭއްވި ރެފަރެންޑަމްގައި ވޯޓު ލީ މީހުން ބުނެފައި ވަނީ އެމީހުން ބޭނުންވަނީ ވަކި ޤައުމެއްގެ ގޮތުގައި ދެކުނު ސޫދާން އޮތުންކަމަށެވެ

މީގެއިތުރުން އިރުމަތީ ސޫދާންވަނީ ވަނީ ދެކުނު ސޫދާނަކީ މިނިވަން ދައުލަތެއްކަމަށް ބަލައިގެންފައެވެ. ދެކުނު ސޫދާން މިނިވަން ދައުލަތަކަށް ވެފައިވަނީ އިރުމަތީ  ސޫދާނާދެމެދު ހިނގަމުން އައި ޒަމާންވީ ހަމަނުޖެހުންތަކަކަށް ފަހުގައެވެ. އެ ހަމަނުޖެހުންތަކުގައި 1.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޓެގް

ސޫދާން މުޙައްމަދު އިސްލާމް ވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.