މަސްތުވާތަކެއްޗާއި ބެހޭގޮތުން ރައިސް ދެއްކި ވާހަކައިގެ މައްޗަށް ގާނޫނުގެ ބާރު ހިންގަންޖެހޭނެކަމަށް ޑރ. ޖަމީލް ވިދާޅުވެއްޖެ އެވެ.
ދާދިފަހުން ރައީސް ނަޝީދު "ކޮންމެހެން ބޭނުން، ބޮވެން ޖެހޭނެ، ބޯން ޖެހޭނެ، ނުބޮއި އެކުދިންނެއް ސަލާމަތެއް ނުވޭ "ކަމަށް ބުނުމާއި ގުޅިގެން ކުރީގެ ޖަސްޓިސް މިނިސްޓަރ ޑރ ޖަމީލު އިތުރަށް ވިދާޅުވީ، "މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ ހަމަ ހަގީގަތުގައިވެސް، އެވާހަކަތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ގާނޫނުގެ ބާރު ހިންގަން ޖެހޭ ވާހަކަފުޅުތަކެއް" ކަމަށެވެ. މީގެ އިތުރުން ޑރ ޖަމީލު ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ދައްކަވަން ޖެހޭނެ ވާހަކަތަކާއި، ނުދައްކަން ޖެހޭ ވާހަކަތަކެއް ހުންނާނެ ކަމަށާއި، އަދި ދެކެވޭނެ ވާހަކަތަކާއި، ނުދެކެވޭނެ ވާހަކަތައްވެސް ހުންނާނެ" ކަމަށެވެ.
ރައީސް ނަޝީދު މީގެ ކުރިންވެސް ވަނި މިފަދަ އެތައް ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން "24 ގަޑިއިރު ކޮންމެހެން ހަމައެއްގައި ތިބެން ނުޖެހޭނެ" ކަމަށްވެސް ވަނީ ބުނެފައެވެ. މިފަދައިން ރާއްޖޭގެ ރައީސްގެ ވާހަކަ ހުރުމުގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުން ރައީސް ނަޝީދަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...