ޔޫރަޕު ބީބީސީ ވެބްސައިޓްގައި 'ސުކޫލުތަކުގައި މޫނުބުރުގާ އަޅަން ފެނޭތޯ؟' ބެލުމަށް ޕޯލްއެއް ހުޅުވާލައިފި

ބީބީސީ ވެބްސައިޓްގައި 'ސުކޫލުތަކުގައި މޫނުބުރުގާ އަޅަން ފެނޭތޯ؟' ބެލުމަށް ޕޯލްއެއް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ލިޔުނީ: އަލީ އަހްސަން

ބީބީސީ ވެބްސައިޓްގައި 'ސުކޫލުތަކުގައި މޫނުބުރުގާ އަޅަން ފެނޭތޯ؟' ބެލުމަށް ޕޯލްއެއް ހުޅުވާލައިފިއެވެ.

ޔޫރަޕްގެ ގައުމުތަކުގައި 'މޫނު ބުރުގާ' މަނާކުރުމުގެ ސިލްސިލާ މަސައްކަތްތަކުގެ ތެރޭގައި ހިންގޭ މިބޮޑު ކެމްޕޭނުގައި މިޕޯލް ބީބީސީ ސައިޓްގައި ހިމެނުމަށްފަހު 'މޫނު ބުރުގާ މަނާކުރަން' ޖެހޭކަމަށް އެތަކެއް އާޓިކަލެއްވަނީ ޝާއިއުކުރަން ފަށާފައެވެ. އެލިޔުންތަކުގައި ވާގޮތުގައި 'ސުކޫލުތަކުގައި މޫނު ބުރުގާ އެޅުން މަނާކުރަންޖެހެނީ އޭގެ ސަބަބުން ސަލާމަތީކަންކަމަށް ބުރޫ އެރުމާއި ކުއްޖާކިޔެވުމުގައި މޫނު ބުރުގާ އެޅުމުން ނުކުންނަ ދަތިތައް ނައްތާލުމުގެ ގޮތުން' ކަމަށެވެ. ސުކޫލުތަކުގައި ޔުނީފޯމްގެ ގޮތުގައި އަޅާ ހެދުމުގައި މޫނު ބުރުގާ ހިމެނިގެން ނުވާނެކަމަށްވެސް މިފަދަ ލިޔުންތަކުގައި ފާޅުގައިވަނީ ގޮވާލާފައެވެ.

ކިޔަވައި ދިނުމުގައި ދަރިވަރުންނާއި ޓީޗަރުންގެ 'ލޮލާއި ލޯ' ދިމާވާންޖެހޭނަކަމަށާއި ކުދިންގެ މޫނުގެ އަސަރުތައް އެއްވެސް ހުރަހެއް ނެތި ޓީޗަރަށް ފެންނަންޖެހޭނެކަމަށް 'ސުކޫލުގައި މޫނު ބުރުގާ އެޅުން މަނާ' ކުރަން ވަކާލާތު ކުރާ ފަރާތްތަކުންދަނީ ބުނަމުންނެވެ. 'މޫނު ބުރުގާގެ މައްސަލަ' ފަހަކަށް އައިސް ފެންމަތިވެފައިމިވަނީ ޔޫރަޕްގެ ގައުމުތަކުގައި މޫނު ބުރުގާ އާދަޔާ ހިލާފަށް ގިނަވަމުން އަންނާތީކަމަށް ވަކިކޮޅަކަށް ނުޖެހޭ ލިޔުންތެރިން ބޭރުގެ މީޑިއާތަކުގައިވަނީ ހާމަކޮށްފައެވެ.

ޔޫރަޕްގެ ގައުމުތަކުގައި ޔުނިފޯމްގެ ގޮތުގައި ގިނައިން ހަމަޖައްސާފައި ހުންނަނީ 'މިނީސްކާޓް އަދި ޓޮޕް' ކަމުގައި ވުމަކީ އެމީހުން ދެކޭގޮތުގައި ކުދިންނާއި ޓީޗަރުން 'ކޮންޓެކްޓް' ވަރުގަދަ ކޮށްދޭކަމަކަށް ވެދާނެއެވެ. އަދި އެފަދަ ޔުނީފޯމްތަކުގެ ސަބަބުން ކުދިންނަށް މާގިނަ ކިޔެވެލިތައް ކިޔެވޭނެކަމަށް ދެކެވެނީކަމުގައިވެސް ވެދާނެއެވެ. ފަހަކަށްއައިސް 'މޫނުބުރުގާ'އަށް ދެވޭ 'ހަމަލާ'ތައް ދަނީ އިތުރުވަމުންނެވެ. ބައެއްގައުމުތަކުގައި ސަރުކާރުގެ އޮފީސްތަކާއި މީހުން ގިނަ ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކޮށްފައިވާއިރު އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކޮށް އެއީ 'ގާނޫނީ ކުށެއް'ގެ ގޮތުގައިވެސް ވަނީ ހަމަޖައްސާފައެވެ.

ޓެގް

ދީން ލާދީނީ ޔޫރަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.