ޔޫރަޕު 'އޮންލައިންކޮށް' އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

'އޮންލައިންކޮށް' އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

'އޮންލައިންކޮށް' އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފިއެވެ.

ޚަބަރުތައް ބުނާގޮތުގައި އޮންލައިންކޮށް އަޅުކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ ރޫމޭނިއާގެ ކްރިސްޓިއަނުންނަށެވެ. ރޫމޭނިއާގެ ކޮމްޕެނީއަކުން ދާދިފަހުން ތަޢާރަފްކޮށްފައިވާ މިހިދުމަތަކީ ފާދިރީއަށް އޮންލައިންކޮށް އަޅުކަމުގެ ކަންކަން ފޯރުކޮށްދިނުމާއި އަޅުކަމުގެ ކަންތައް ފަސޭހައިން ކުރުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް އެފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ޚަބަރުދެއެވެ. ވެބްސައިޓެއް މެދުވެރިކޮށް  ކްރިސްޓިއަނުން  'އަޅުކަން' ކުރުމުން އެބަލައިގަންނަނީ ފީއެއް ނަގައިގެން ކަމަށާއި ދުވާލަކަށް 1 ޔޫރޯ އެކަމަށް ދައްކަން ޖެހެއެވެ. އަދި އެއް މަހަށް ދައްކާ ނަމަ 24 ޔޫރޯ ދައްކަން ޖެހެއެވެ.

އިސްލާމް ދީން ދުނިޔޭގެ އެކި ދިމާތަކުން ކުރިއަރަމުންދާއިރު ބައެއް ބާތިލް ދީންތަކުގެ އަހުލުވެރިން ދަނީ އެދީންތަކަށް އޮތް ޝައުގުވެރިކަން ކުޑަކަމުން މިފަދަ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. ދާދިފަހުން ފައްޅިއަކުން ވަނީ އެފައްޅިއަށް ކޮންމެ އާދިއްތަ ދުވަހަކު ޒިޔާރަތް ކުރާ މީހުންނަށް އުޖޫރައެއް ދޭން ނިންމާފައެވެ.

ޓެގް

ދީން މޮޔަ ކްރިސްޓިއަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.