ސައިންސާއި ޓެކް "ވިންޑޯރސް 8 އަންނަނީ" - ސްޓީވް ބޯލްމާ

"ވިންޑޯރސް 8 އަންނަނީ" - ސްޓީވް ބޯލްމާ

"ވިންޑޯރސް 8 އަންނަނީ" - ސްޓީވް ބޯލްމާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައިކްރޯސޯފްޓްގެ އޮޕަރޭޓިން ސިސްޓަމް އާއިލާއަށް އިތުރު ބައިވެރިއަކު 2012 ވަނަ އަހަރު ބާޒާރަށް އަންނާނެ ކަމަށް މައިކްރޯސޯފްޓްގެ ސީއީއޯ ސްޓީވް ބޯލްމޯ ވިދާޅުވެއްޖެއެވެ.

މިމަހު ޓޯކިޔޯގައި ބޭއްވި މައިކްރޯސޯފްޓް ޑިވެލޮޕާރ ފޯރަމްގައި ވާހަކަ ދައްކަމުން ސްޓީވް ވިދާޅުވިގޮތުގައި މައިކްރޯސޯފްޓްގެ ނެކްސްޓް ޖެނެރޭޝަން ވިންޑޯރސްގެ މަސައްކަތް ވަރަށް ހަލުވިކަމާއި އެކު ކުރިއަށް ދާކަމަށާއި ވިންޓޯރސް 8 ސްލޭޓްސް، ޓެބްލެޓްސް، ޕީސީސް، މޯބައިލް ހާރޓްވެއަރ އަށް ބޭނުންކުރެވޭނެކަމަށް ސްޓީވް ވިދާޅުވިއެވެ.

މައިކްރޯސޯފްޓް ޕްރެސް ސައިޓްގައި ހާމަކޮއްފައިވާގޮތުން މިއަހަރު އެކަނިވެސް 350 މިލިޔަން ވިންޑޯރސް 7 ކޮޕީ ވިއްކާފައިވާނެކަމަށާއި ކަސްޓަމަރުންގެ އިތުބާރާއި ހިތްހަމަ ޖެހުމަށް ވަރަށްގިނަ ކަންކަންކުރަމުން އަންނަ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި މުޅިންއާ ޔޫސާރ އިންޓަރފޭސް އެއް ދެންއަންނަ ވިންޑޯރސް ޖެނެރޭޝަންގައި ފެނިގެން ދާނެކަމަށާއި ވިންޑޯރސް 8ގެ ވާހަކަތަކަށް ކަސްޓަމަރުން ކެންމަދުވެފައިވާކަމަށްވެސް ހާމަކޮއްފައިވެއެވެ.

މެއި 31 އިން ޖޫން 2 އަކަށް މައިކްރޯސޯފްޓްއިން ކެލިފޯނިޔާގައި ބާވަން ހަމަ ޖެހިފައިވާ "އޯލް ތިންގްސް ޑިޖިޓަލް ޑީ9 ކޮންފަރެންސް" ގައި ޕްރެސިޑެންޓް އޮފް މައިކްރޯސޯފްޓް ވިންޑޯރސް ޑިވިޝަން ސްޓީވެން ސްނޯފްސްކީ، ވިންޑޯރސް 8 ޓެބްލެޓްގެ ޑީމޯއެއް ދައްކާލާނޭކަމަށް ވާއިރު މިކޮންފަރެންސް އިން ވިންޑޯރސް 8 އާއިބެހޭ އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.

މިހާތަނަށް ވިންޑޯރސް 8 އާއިބެހޭގޮތުން ދެކެވޭ ވާހަކަ ތަކަށް ބަލާލާއިރު އޭއާރއެމް ޕްރޮސެސަރ ތަކަށާއި ސިސްޓެމް އޮންއަ ޗިޕް (އެސް އޯ ސީ) އަށް ސަޕޯރޓް ކުރާނެއެވެ. ހުޅުވާ ނިއްވާލުމަށް ހަލުވި ކުރުމަށް "ހައިބްރިޖް ބޫޓް" އޮޕްޝަން "އެޑްވާންސް ހައިބަރނޭޓިންގް ފަންގްޝަނަރލިޓީ" އަށް ބޭނުން ކުރެވޭނެއެވެ. ވިންޑޯރސް ސްޓޯރއެއްވެސް ހިމަނާފައިވާނެ ކަމަށް ބުނެއެވެ.

ޓެގް

ޓެކް ވިންޑޯރސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.