އިންސާނުންނަށް ލިބިގެންވަނީ ވަރަށްމަދު އިލްމެކެވެ. އެހެންނަ މަވެސް އިންސާނާ އެއިލްމާއި މެދު ބޮޑާވެ ގަނެއެވެ. ނިކަމެތި އިންސާނާއަށް ޤައިބު އިންގޭކަމަށް ދައުވާކުރަމުން އަންނަތާ ޒަމާން ތަކެއްވެއްޖެ އެވެ. ދުނިޔެ ގިޔާމަތްވާނީ މިވެނި އެވެނި ތާރީޙް އެއްގައިކަމަށް ބުނަމުން އަންނަމީހުން ގިނަވެއްޖެއެވެ.
އިންޓަރނެޓްގައި އެކި ކަހަލަ ކޫސަނި ބޫސަނި ވާހަކަތަށް ފެށުނީންސުރެ އަންނީ ފެތުރެމުންނެވެ. އިންޓަރނެޓްގެ ބަހުރުވައިންނަމަ ކިޔަނީ rumors or rumour އެވެ. (އެއްވެސް ހަގީގަތެއްނޭންގިދެކެވޭ ތޯތޯ ވާހަކަ) މިފަދަ އަވާގައި ޖެހިގެން އުޅޭމީހުން ދިވެހިންގެ ތެރޭގައި އުޅޭކަން އެންގެ އެވެ. އެހެނަސް ރާއްޖޭގެ ނަން މަޝްހޫރުވެގެން ފަހަކަށްއައިސް ބޮޑެތި އެވޯރޑްދީ އެފްއެމް ރޭޑިއޯ ހަދާ، މަޖައްލާނެރޭ ބަޔަކު މިފަދަ ޙަބަރުތަކުގެ އަވާގައިޖެހި އެހެން މީހުން އެއަވާގައި ޖައްސަން މަސައްކަތް ކުރަން އުޅުމަކީ ސުވާލު އުފެދޭ ކަމެކެވެ.
ދަންނަވަން މިއުޅެނީ އޮޕަރޭޝަން ސަންސެޓްގެ ނަމުގައި ސަންއަށް ވަޒީފާއަށް ފޮނުވި ޒުވާން ކުދިންކޮޅުގެ ބޮލަށް ސައިތާނާ ސަވާރުވެ ސަންގެ ނޫސްވެރިން ނާސިގެ ތަކަށްށޭބުނެ ގިރުވާން ކޮޅަށްޖަހާލި މީހުން ހާވާފައިވާ ހަޑިއެއްގެ ވާހަކައެވެ. ޒިނޭކުރުމަކީ އިސްލާމްދީނުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި ފާފައެއްކުރުމަށްފަހު އެފާފައެއް މީޑިޔާ ކުރިމަތީ ތިމާކުރިކަމެކޭބުނެ ގިރުވާންކޮޅަށްޖަހާ ހެދިއިރު އެއީ އިތުރު ނުބައި ފާފައެއްކަމެއް މިމީހުންނަކަށް ނޭންގުނެ. މިކަން ކުރިމީހުން އަވަހަށް ތައުބާވެ އެޗްއައިވީ ޓެސްޓް ކުރުމަށް ގޮވާލަމެވެ.
ޓީވީންނާއި ރޭޑިއޯއިން ގެނެސްދޭ ޕްރޮގްރާމް ތަކުގައާއި ފިލްމެއް ފަށާއިރު މިއީ ކޮން އުމުރު ފުރާއަކަށް ޙާއްސަ އެއްޗެއްކަން ހާމަކޮއްދީ ފައިވާ އިބާރާތް ކޮޅެއްވެއެވެ. ނަމަވެސް ޙާއްސަ ކަވަރޭޖެއްގެ ނަމުގައި ގެނެސްދެމުންދާ ވިޔާނުދާ އަމަލުތަކުގެ ވާހަކަތަށް ފެށުމުގެ ކުރިން މިއީ 18 އަހަރުން ދަށުގެ ކުދިންކިޔުން މަނާއެއްޗެއްކަން ހާމަކޮއްފައެއް ނެތެވެ. ގައިމުވެސް ކޮންމެ ބަފަޔަކު އެއިނާގެ ދަރި އަށް ޙާއްސަ ކަވަރޭޖް ކިއުމާދެކޮޅު ހަދާނެކަންޔަޤީ ނެވެ. އެމީހުން ތިބޭނީ ލަދުންނެވެ.
އަސްލު ސުރުހީއަށް ޖެހިލާނަމެވެ. އާއެކެވެ. މިބުނާ ސަންއެއްގެ ޓެކްނޮލޮޖީ ޙަބަރުތަށް ކިޔާލިއިރު މީގައިމިވަނީ " ލަންޑަން : އިންސާނާ ދިރިހުންނާނެ މުއްދަތު (އުމުރު) ވަރަށް އެކިއުރޭޓްކޮށް ދެނެގަނެވޭނެ މެޝިނެއް އިނގިރޭސިވިލާތުގެ ސައެންޓިސްޓުން އީޖާދުކޮށްފި އެވެ." މިހެންނެވެ. މިހެން ބުނެ ޙަބަރު ފަތުރާފައިވާ ނޫސްވެރިޔާގެ ފުރިހަމަ ނަން ޙާމަކޮއްލަން ނުކެރުނުތާންގައި މި އާރޓިކަލްގައި އިސްލާމްދީނަށް ފުރައްސާރަކޮއްފއިވާ އެތަކެއް ހިޔާލެއްވެސް ވަނީ އެޕްރޫވް ކޮއްފައެވެ. އަދިވެސް މިހާސަރުގައިވެއެވެ. " "ލައިފް ލިންގްޓް" ނަމަކަށްކިޔާ މި މެޝިން އެންމެ ބޮޑަށް ބޭނުންކުރާނެ ކަމަށް ބެލެވެނީ މީހުންގެ ޢުމުރު ބެލުމަށްޓަކައި، ލައިފް އިންޝުއަރެންސް ކުންފުނިތަކުން، ކަމަށް ވެސް ޑެއިލީ ސްޓާ ބުނެއެވެ.
މި މެޝިނުން ކޮންމެ މީހެއްގެވެސް ޢުމުރުގެ ދިގު މިން ބަލަނީ ނޫނީ މީހަކު ދުނިޔޭގައި ދިރިހުންނާނެ މުއްދަތު ބަލަނީ އެމީހެއްގެ ހަށިގަނޑުގެ ސެލްތަކުގައިވާ ޑީ.އެން.އޭ ގެ ޓޭޕް ނުވަތަ "ޓެލޮމެއަ" ގެ ދިގުމިނަށް ބަލައިގެން ކަމަށާއި މިއީ ވަރަށް އެކިއުރޭޓްކޮށް އިންސާނާގެ ޢުމުރު ބެލޭނެ ޓެކްނޮލޮޖީ އެއްކަމަށް މި މެޝިން އީޖާދުކުރި މާރިޔާ ބްލަސްކޯ ކުންފުންޏާ ޙަވާލާދީ ނޫސްތައް ބުނެއެވެ."
ކޮންމެ ބަޔަކު ބުންޏަސް އެމެރިކާނުން ވިޔަސް އިޒުރޭލުން ވިއަސް އެއްވެސް ބަޔަކަށް އިންސާނާ މަރުވާނޭ ދުވަހާއި ޤިޔާމަތް ވާނޭވަގުތު ނޭންގޭނެކަމަށް ކީރިތި ޤުރުއާނުން ސާބިތުވެއެވެ. އެހެނަސް ނިކަމެތި އިންސާނުން ފަތުރާމިފަދަ ޙަބަރުތަށް ބޮޑުކޮއްގެން ދުނިޔޭގެ ހަޤީގަތާ ތައާރަޒްވާކަންކަން ފަތުރަމުން ދިއުމަކީ ކަންބޮޑުވާކަމެކެވެ. ކިތަންމެ ވަރަކަށް ސައިންސް ތަރައްޤީވެގެންދިޔަނަމަވެސް މިއީ ނުވާނޭކަންކަން ކަންޔަގީނެވެ. މިވެރިން ކިތަންމެ ވަރަކަށް ޑީއެންއޭ ނެގިއަސް ޑީއެންއޭގައި ގައިބް ލިޔެވިފައި ނުވާނެއެވެ. އެކްސިޑެންޓް، މާރާމާރީ، ގުދުރަތީކާދިސާތަކުން އަޅުގަނޑުމެންގެ ތެރޭގައި ކިތައްޒުވާނުން އަޅުގަނޑުމެންދޫކޮއް ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރޭތޯއެވެ. މަރަކީ ތިމާއާއި އެންމެ ކައިރީގައި އަދި އެންމެ ދުރުގައިވާ އެއްޗޭ ބުނާ އަޑުއަހަމެވެ.
http://sun.mv/7555
ކޮމެންޓް (0)
ލޯޑް ކުރަމުން...