ރާއްޖޭގެ ޚަބަރު ހއ. ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވުމަށް ނިންމާފައިވާކަން އިޢުލާންކޮށްފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވުމަށް ނިންމާފައިވާކަން އިޢުލާންކޮށްފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވުމަށް ނިންމާފައިވާކަން އިޢުލާންކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހއ. ދިއްދޫގައި ތަރައްޤީކުރަމުންދާ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒަށް ނަން ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ނިރުބަވެރި ޖަމާޢަތަކުން ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އޭރު މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ނިސްބަތްކޮށެވެ. ޝަހީދު ޢުމަރު އަޙްމަދު ނިސްބަތްވަނީވެސް ހއ. ދިއްދޫއަށެވެ. މަރުކަޒު ހުޅުވޭ ދުވަހު ހަމަ އެތާ އިސްލާމީ ލައިބްރަރީއާއި ޤުރުއާން މަރުކަޒުގެ އައުޓްރީޗް ސެންޓަރު ވެސް ހުޅުވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ 2023 ވަނަ އަހަރުއެވެ. މި މަސައްކަތަށް ސަރުކާރުން 50 މިލިއަން ރުފިޔާ ހޭދަކުރެއެވެ. މިއީ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރާ މަރުކަޒެކެވެ. މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމެއް ހުންނާނެއެވެ. މީގެ އިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.

މި އިސްލާމީ މަރުކަޒު ތަރައްޤީކުރަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެކެވެ. ދިއްދޫއަކީ އާބާދީގައި 7000އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. މިވަގުތު ރަށުގައި 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެވެ. އެހެންކަމުން، އަލަށް ތަރައްޤީކުރާ މި ބޮޑު އިސްލާމީ މަރުކަޒާއެކު، މިސްކިތުގެ ޖާގައިގެ މައްސަލަ ޙައްލުވެ، އަލަށް މީހުން އާބާދުވާ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ޓެގް

ހއ.ދިއްދޫ އިސްލާމީ މަރުކަޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.