ރާއްޖޭގެ ޚަބަރު މަތިވެރިއާއި ރިނބުދޫގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި

މަތިވެރިއާއި ރިނބުދޫގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި

މަތިވެރިއާއި ރިނބުދޫގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އއ. މަތިވެރީ އާއި ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓްރީން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ. މި ދެ މިސްކިތަކީވެސް ތިމާވެއްޓާ ރައްޓެހި، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށްގެން ހިންގާ މިސްކިތްތަކެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އއ. މަތިވެރީގައި އަޅާ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގްއާއެވެ. އަދި ދ. ރިނބުދޫގައި އަޅާ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސްއާއެވެ. މި ދެ މިސްކިތުގައިވެސް ނަމާދުކުރާ ބައިގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ހިމެނޭނެއެވެ.

މި މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރެވޭ ވަކި ބައެއް ހިމެނޭނެ ކަމަށާއި، އޭސީ ނިޒާމުވެސް ޤާއިމުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. މިސްކިތްތަކުގައި ކްލާސްރޫމާއި ލައިބްރަރީ ހިމެނުމުގެ މަޤްޞަދަކީ އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް މަގުފަހިކުރުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ތަންތަނުގައި ޤުރުއާން ކްލާސްތަކާއި ދީނީ ތަޢުލީމުގެ އިތުރުން އެހެނިހެން އިޖްތިމާޢީ ޙަރަކާތްތައްވެސް ހިންގޭނެއެވެ. މިއީ ފަހުގެ ޑިޒައިންތަކަށް ބިނާކުރާ މިސްކިތްތަކުގައި އާންމުކޮށް ހިމަނަމުންދާ ވަޞީލަތްތަކެކެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މިސްކިތްތަކެއް ބިނާކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި އަލަށް ފަށާ މަޝްރޫޢުތަކާއި، ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުން ހިމެނެއެވެ. މިސްކިތް ބިނާކުރުމުގެ މަސައްކަތަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަންވެސް ސަރުކާރަށް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ޓެގް

ދ.ރިނބުދޫ އއ.މަތިވެރި މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.