ރާއްޖޭގެ ޚަބަރު ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި

ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި

ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮޅުމަޑުލު ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އެހެން ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިރިލަންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ އަޅުކަން ކުރެވޭ ވަރުގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކުރެވޭނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

މިގޮތުން މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ސިސްޓަމް އަދި އެއަރކޮންޑިޝަން ހަރުކުރެވޭނެއެވެ. އަދި މީގެ އިތުރުން މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއްވެސް ހިމެނޭނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެއް ކަމެވެ. މި މަޝްރޫޢުގެ ސަބަބުން ހިރިލަންދޫ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޓެގް

ތ.ހިރިލަންދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.