ރާއްޖޭގެ ޚަބަރު ޒުވާން ޚަޠީބުންނަށް 'އިސްލާމިކް ލީޑާޝިޕް' ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

ޒުވާން ޚަޠީބުންނަށް 'އިސްލާމިކް ލީޑާޝިޕް' ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

ޒުވާން ޚަޠީބުންނަށް 'އިސްލާމިކް ލީޑާޝިޕް' ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން "އިސްލާމިކް ލީޑާޝިޕް" ގެ ނަމުގައި ދެ ދުވަހުގެ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ. މި ވޯކްޝޮޕްގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ޒުވާން ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމާއި، އިސްލާމީ ލީޑާޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދިނުމެވެ. މީގެ އިތުރުން ދާއިރާއާ ގުޅޭ މުހިންމު ދީނީ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްވެސް މި ވޯކްޝޮޕްގައި އަމާޒު ހިފާފައިވެއެވެ.

އެކި ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ވޯކްޝޮޕްގައި އިސްލާމީ އަޤީދާއާއި، އިސްލާމްދީނާއި މިސްކިތްދެކެ ލޯބިވުމުގެ އިތުރުން، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމާ ގުޅޭ ސެޝަންތައް ހިމެނެއެވެ. އަދި އިސްލާމީ ލީޑާޝިޕް އަދި މެނޭޖްމަންޓްގެ އިތުރުން، ޙައްދުފަހަނައެޅުމާއި، އިސްލާމީ ތާރީޚުން ހޮވާލެވިފައިވާ ބައެއް ލީޑަރުންގެ ވާހަކަތަކަށްވެސް މި ވޯކްޝޮޕްގައި އަލިއަޅުވާލެވޭނެއެވެ.

މި ވޯކްޝޮޕްގައި އިމޯޝަނަލް އިންޓެލިޖެންސް އިން ލީޑާޝިޕް، ރުޅި ކޮންޓްރޯލްކުރުމާއި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުން އަދި ދަޢުވަތާއި ލީޑަޝިޕްގެ ސްޓްރެޓެޖިކް މެނޭޖްމަންޓް ފަދަ މުހިންމު މައުޟޫޢުތަކަށްވެސް އަލިއަޅުވާލެވޭނެއެވެ. މި ވޯކްޝޮޕްގެ ހުރިހާ ދަންފަޅިތަކެއް ކުރިއަށް ގެންދަވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ޢިލްމުވެރިންނެވެ.

ޓެގް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ޒުވާން ޚަތީބުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.