ރާއްޖޭގެ ޚަބަރު މިދައުރުތެރޭގައި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާއިން ރާއްޖެ އައުސްމިނަކަށް ގެންދެވޭނެ: ވަޒީރު ޑރ.ޝަހީމް

މިދައުރުތެރޭގައި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާއިން ރާއްޖެ އައުސްމިނަކަށް ގެންދެވޭނެ: ވަޒީރު ޑރ.ޝަހީމް

މިދައުރުތެރޭގައި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާއިން ރާއްޖެ އައުސްމިނަކަށް ގެންދެވޭނެ: ވަޒީރު ޑރ.ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށްއޮތް 3 އަހަރެއްހާދުވަސް ވެގެންދާނީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާއިން ރާއްޖެ އައު އުސްމިނަކަށް ގެންގޮސްދޭނެ މުއްދަތަކަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މިވަގުތާހަމައަށް ރާއްޖޭގައި 1500އަށްވުރެ ގިނަ ޒުވާން ކުދިން ޤުރްއާން ހިތުދަސްކުރަމުންދޭ މިހާރުވެސް. މާނައަކީ ކުރިއަށް މިއޮތް ދެތިން އަހަރުވެގެންދާނީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާގައި އައު އުސްމިނަކަށް ރާއްޖެ ގެންދާނެ އަހަރުތަކަކަށް" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރިއަށްގެންދަވަނީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އިތުރުކުރުމުގެ މަސައްކަތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހާފިޒުންގެ އަދަދު އިތުރުވަމުންދާކަމަށާއި، އެހެން އަހަރުތަކާ ޚިލާފަށް ޤުރްޢާން ހިތުދަސްކުރުމަށް ދަރިވަރުންނަށް ގިނަ އަދަދަކަށް ފުރުޞަތު ދެމުންގެންދާކަމަށް ވިދާޅުވިއެވެ.

ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވަން ސަރުކާރުން ނިންމަވާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މީގެއިތުރުން ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ފަށާފައިވެއެވެ.

ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ނިންމަވާފައިވާއިރު، މި މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.