ރާއްޖޭގެ ޚަބަރު މޫނުބުރުގާ އަޅައިގެން ސިވިލްސަރވިސްގައި ވަޒީފާ އަދާކުރެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

މޫނުބުރުގާ އަޅައިގެން ސިވިލްސަރވިސްގައި ވަޒީފާ އަދާކުރެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

މޫނުބުރުގާ އަޅައިގެން ސިވިލްސަރވިސްގައި ވަޒީފާ އަދާކުރެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

މި އިސްލާހާއެކު، ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

އައު އިސްލާހުގެ ދަށުން، ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެއެވެ. މިއީ ކުރިން ގަވާއިދުގައި އޮތް، މުވައްޒަފުން މަސައްކަތު ގަޑީގައި ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ހެދުން އަޅަންޖެހޭ ކަމަށް އޮތް މާއްދާއަށް ގެނެވުނު މުހިންމު ބަދަލެކެވެ.

މި އިސްލާހާއެކު، މޫނު ބުރުގާ އަޅައިގެން ސިވިލް ސަރވިސްގައި މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އަދި ދޭ ޚިދުމަތަކީ ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއްނަމަ، ނަމާއި މަގާމު އެނގޭ ގޮތަށް ކާޑެއް ނުވަތަ ޓެގެއް ބޭނުންކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ވިދާޅުވެފައެވެ. އަދި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނުވަތަ ގަވާއިދެއް އޮތްނަމަ، އެ ގަވާއިދެއް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިފަހުން ޝަރުޢީ ދާއިރާގައިވެސް މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރެވޭ ގޮތަށް އެ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު އިސްލާހުކޮށްފައިވުމެވެ. މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުން ކަމަށް ވެއެވެ.

ޓެގް

ސިވިލް ސާވެންޓްސް މޫނު ބުރުޤާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.