ރާއްޖޭގެ ޚަބަރު ޤަރާރުން ފަލަސްޠީން ރައްޔިތުންނަށް އިންސާފް ޤާއިމްކުރުމަށް މުހިންމު ފިޔަވަޅެއް އެޅޭނެ: ރައީސް

ޤަރާރުން ފަލަސްޠީން ރައްޔިތުންނަށް އިންސާފް ޤާއިމްކުރުމަށް މުހިންމު ފިޔަވަޅެއް އެޅޭނެ: ރައީސް

ޤަރާރުން ފަލަސްޠީން ރައްޔިތުންނަށް އިންސާފް ޤާއިމްކުރުމަށް މުހިންމު ފިޔަވަޅެއް އެޅޭނެ: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާ ގުޅޭ ޤަރާރުން ފަލަސްޠީން ރައްޔިތުންނަށް ސުލްހައާއި އިންސާފް ޤާއިމްކުރުމަށް މުހިންމު ފިޔަވަޅެއް އެޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައި "ނިއުޔޯކް ޑެކްލެރޭޝަން" ގެ ނަމުގައި ހުށަހެޅުނު، ސުލްޙަވެރިގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާގުޅޭ ޤަރާރު ވަނީ ފާސްކޮށްފައެވެ. މި ޤަރާރަށް އދ.ގެ މެންބަރު 142 ޤައުމުން ވަނީ ތާއީދުކޮށް ވޯޓު ދީފައެވެ.

މި ޤަރާރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ޖަވާބުދާރީވުން ކަށަވަރުކުރުމަށް މުހިންމު ޤަރާރެއް ކަމަށެވެ. އަދި މިއީ ފަލަސްޠީން ރައްޔިތުންނަށް ސުލްހައާއި އިންސާފް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން ތާއީދުކުރަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުމަށެވެ. އަދި ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވޭ ދައުލަތަކަށް ވުމަށެވެ.

މި ޤަރާރު ފާސްވުމާއެކު، ފަލަސްޠީނުގެ މައްސަލަ ސުލްޙަވެރި ގޮތެއްގައި ޙައްލުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ދެ ދައުލަތުގެ ޙައްލަކަށް މަގުފަހިވެގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.

ޓެގް

ރައީށް ޑރ މުޙައްމަދު މުޢިއްޒު ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.