ރާއްޖޭގެ ޚަބަރު ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު މެލޭޝިޔާއަށް

ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު މެލޭޝިޔާއަށް

ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު މެލޭޝިޔާއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު ޝައިޚް އިމްޠިޠާޢު އައްބާސް، މެލޭޝިޔާގެ ކެޑާގައި ބޭއްވޭ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ވަނީ މެލޭޝިޔާއަށް ފުރާވަޑައިގެންފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅަކީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު އިދާރާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި "ކައިޒަކް 2025" ގެ ނަމުގައި ބޭއްވޭ ޒަކާތު ކޮންފަރެންސްގައި ޝައިޚް އިމްޠިޠާޢު އައްބާސް ޕެނެލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ކޮންފަރެންސްގައި އިސްލާމީ ދުނިޔޭގެ ފާހަގަކޮށްލެވޭ އިސްލާމީ ފައިނޭންސް ދާއިރާގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މި ކޮންފަރެންސްގައި ޒަކާތާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވޭތުވެދިޔަ މަހު ބޭއްވި "އިންޒެކް 2025" ޒަކާތު ކޮންފަރެންސްގައި މެލޭޝިޔާގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި ކަމެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ޒަކާތާ ގުޅޭ ދާއިރާއިން އޮންނަ ގުޅުން ބަދަހިވެގެންދާކަމުގެ ހެއްކެކެވެ.

މި ދަތުރުފުޅުގައި ޝައިޚް އިމްޠިޠާޢު އައްބާސް މެލޭޝިޔާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި ޒަކާތާ ގުޅޭ ދާއިރާއިން އިތުރު ތަޖުރިބާތައް ހިއްސާކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.

ޓެގް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު ޝައިޚް އިމްޠިޠާޢު އައްބާސް މެލޭޝިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.