ރާއްޖޭގެ ޚަބަރު އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް، ޒަކާތު ސްކޮލަރޝިޕް 24 ދަރިވަރަކަށް ދީފި

އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް، ޒަކާތު ސްކޮލަރޝިޕް 24 ދަރިވަރަކަށް ދީފި

އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް، ޒަކާތު ސްކޮލަރޝިޕް 24 ދަރިވަރަކަށް ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ޒަކާތު ސްކޮލަރޝިޕް 24 ދަރިވަރަކަށް ދީފިއެވެ.

7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް ޙަވާލުކޮށްފައިމިވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކުރުމަށްދޭ ސްކޮލަރޝިޕާއި ޚާއްސަ ސްކޮލަރޝިޕް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފްއެވެ.

މިފަހަރު ޒަކާތު ސްކޮލަރޝިޕް ދެ ބުރަކަށް ބަޖާލައިގެން ދިނުމަށް ހަމަޖެހިފައިވާއިރު، ފުރަމަ ބުރުގައި ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކުރުމަށްދޭ ފުލް ސްކޮލަރޝިޕް ވަނީ 17 ދަރިވަރަކަށް ދެއްވާފައެވެ. އަދި ޚާއްސަ ސްކޮލަޝިޕް 7 ދަރިވަރަކަށް ވަނީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަހަރުގެ ޒަކާތު ސްކޮލަރޝިޕަށް ހޮވޭ ދެވަނަ ބުރުގެ ދަރިވަރުން ވަރަށް އަވަހަށް ސްކޮލަރޝިޕްތައް ޙަވާލުކުރެވޭނެކަމަށެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް، ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރިލްމަހުއެވެ. އަދި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް ހަވާލުކޯށްފައިވާއިރު، އެންމެ ފަހުން ޒަކާތު ފަންޑުން ސްކޮލަރޝިޕް ދީފައިވަނީ 2018ވަނަ އަހަރުގައެވެ.

ޓެގް

ޒަކާތު ސްކޮލަރޝިޕް ޒަކާތު ފަންޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.